އަލްފާޟިލް އިލްޔާސް އިބްރާހިމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަލްފާޟިލް އިލްޔާސް އިބްރާހިމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 18 ސެޕްްޓެމްބަރ 1945 ގައެވެ. ބައްޕާފުޅަކީ ތުޅާދޫގޭ އިބްރާހިމް ދޮންމަނިކުއެވެ. މަންމާފުޅަކީ ހައްވާ އާދަމް ހިމިތީ ( ހައްވާމަނިކެ ) އެވެ. ތަޢުލީމް ހާސިލް ކުރެއްވީ މަޖީދިއްޔާ ސްކޫލް އިންނެވެ. އަލްފާޟިއިލްޔާސް އިބްރާހިމްއަކީ ކޮންމެފަދަ ބޭފުޅަކާއި ގުޅުންބަހައްޓާ ޢާއްމުރައްޔިތުންގެ ވަރަށްގާތްއެކުވެރި ސަރުކާރަށް ވަފާތެރި އިޚްލާސްތެރި ބޭފުޅެކެވެ. އަލްފާޟިއިލްޔާސް އިބްރާހިމްއަކީ ދިވެހިރާއްޖޭގެ ދެވަނަޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް ނާސިރުގެ ވެރިކަމުގައިވެސް ވަރަށް ގިނަ މަތީމަޤާމް ތަކެއް ފުރުއްވި ތެދުވެރި އިޚްލާސްތެރި ދިވެހި ދަރިއެކެވެ. އަދި ދެވަނަޖުމްހޫރިއްޔާގެ ދެވަނަރައީސް އަލްއުސްތާޛު މައުމޫން އަބުދުލް ޤައްޔޫމްގެ ސަރުކާރުގައި ގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ކުރެއްވި ޚިދުމަތްތެރި ވަފާތެރި ބޭފުޅެކެވެ.


އަލްފާޟިލް އިލްޔާސް އިބްރާހިމްފުރަތަމަ ސަރުކާރަށް ޚިދުމަތް ފައްޓަވާފައިވަނީ ރާއްޖޭގެ ދެވަނަޖުމްހޫރިއްޔާގެ ތެރޭގައެވެ. އެދުވަސްވަރު ސަރުކާރުގައި ވަޒީފާއަދާކުރެއްވުމުގެ ގޮތްތަކާއި އުސޫލްތައް މިއަދާއަޅާބަލާއިރު ވަރަށްތަފާތެވެ. ނަމަވެސް އެދުވަސް ވަރު އިލްޔާސް އިބްރާހިމް ވަޒީފާއަދާކުރެއްވުމުގައި ގެންގުޅުއްވިގޮތްތަކެއްގެ ސަބަބުން އަލްފާޟިލް އިބްރާހިމްނާސިރުގެ އެންމެ އަރިސްބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތުލިބިފައިވެއެވެ. އަދި އަލްފާޟިލް އިބްރާހިމްނާސިރު އެންމެ އިތުބާރުކުރައްވާ އިބްރާހިމްނާސިރު ސޮއިކުރައްވަންޖެހޭ ބައެއްލިޔުންތަކުގައި ސޮއިކުރެއްވުމުގެ އިޚްތިޔާރު ދެއްވާފައިވާ ބޭފުޅަކީ ހަމައެކަނި އަލްފާޟިލް އިލްޔާސް އިބްރާހިމްއެވެ.


އަލްފާޟިލް އިލްޔާސް އިބްރާހިމް އަކީ ޢާއްމުރައްޔިތުންނަށް ވަރަށް ދީލަތިބޭފުޅެކެވެ ދެރަމީހެއް މޮޅުމީހެއް ބެލުމެއްނެތި ޢާއްމުރައްޔިތުންނާއި ގުޅުންބަހައްޓަވާ ބޭފުޅެކެވެ. އަލްފާޟިލް އިލްޔާސް އިބްރާހިމް ގުޅުންބަހައްޓަވާ އެއްވެސްބޭފުޅަކާއި ގުޅުންނުކަޑާ އެކުވެރިކަން އާލާކުރެއްވުމަށް ގިނަމަސައްކަތްތަކެއްކުރައްވާކަން ފާހަގަކުރެވެއެވެ. ރާއްޖެތެރެއާއި ބެހޭ ވުޒާރާގެ ވަޒީރުކަމާއި ޙަވާލުވެ ހުންނެވިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކައް އަރައިވަޑައިގެން އެރައްރަށުގެ ރައްޔިތުންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބި އެރައްރަށުން ގާތްއެކުވެރީން ހޯއްދަވާފައިހުންނެވިކަން ފާހަގަ ކުރެވެއެވެ. އަލްފާޟިލް އިލްޔާސް އިބްރާހިމް ސަރުކާރުގެ ވަޒީފާއަދާކުރެއްވުމުގައި ފާހަގަކުރެވުނު ބައެއް ކަންކަން ވަނީފެނިފައެވެ. އަލްފާޟިލް އިލްޔާސް އިބްރާހިމްއަށް ވަޒީރުކަން ފުރަތަމަ ލިބިވަޑައިގަތީ 11 ނޮވެމްބަރ 1982 ގައެވެ. އެއީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖުލިސް މެމްބަރެއްގެ ގޮތުން ގިނަދުވަސް ތަކެއްވަންދެން ޚިދުމަތްކުރައްވާފައިވެއެވެ. އަދި ޑިފެންސް މިނިސްޓްރީގެ ނައިބުކަމާއި ސިފައިންގެވެރިޔާގެ ނައިބުކަމާއި އެސްޓީއޯގެ މެނެޖިންގ ޑިރެކްޓަރ ކަން ހިންގަވާފައި ވަނީ އިޚްލާސްތެރިކަމާއިއެކުގައިކަން ފާހަގަކުރެވެއެވެ. އަދިމނޫނަސް އެތަކެއް ވުޒާރާތަކުގެ ވަޒީރުކަން ކުރެއްވިއެވެ.


އަލްފާޟިލް އިލްޔާސް އިބްރާހިމްއާއި ސަރުކާރުން ހަވާލުކުރައްވާ ކޮންމެ މަސައްކަތެއް އިޚްލާސްތެރިކަމާއިއެކު ކުރެއްވުމަކީ އެމަނިކުފާނުގެ ހޮބީއެކެވެ. މިގޮތުން ފާހަގަކުރެވުނު މަސައްކަތުގެ ތެރޭގައި އެސްޓީއޯއާއި ހަވާލުވެ ހުންނެވިއިރު ލ. އަތޮޅުގެ ބައެއް ރައްތައް އެއްފަސްކޮއް މަގުތައްހެއްދެވުމާއި ކައްދޫ އެއާރޕޯޓާއި ހަނިމާދޫ އެއާރޕޯޓާއި އެޓޮލް މިނިސްޓްރީ ހިންގެވިއިރު ރާއްޖެތެރޭގެ ރަށުއޮފީސްތައް ހެއްދެވުމާއި ހެލްތް މިނިސްޓްރީ ހިންގެވިއިރު ރާއްޖެތެރޭގެ ސިއްހީ މަރުކަޒުގެ މަސައްކަތް ފުރިހަކަމާއިއެކު ކުރެއްވިއެވެ. އެމަނިކުފާނު ކުރައްވާ ކޮންމެކަމެއް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވިފައިވެއެވެ.


އަލްފާޟިލް އިލްޔާސް އިބްރާހިމްއަކީ ސިޔާސީ ގިނަޙަރަކާތްތަކެއްގައި ބައިވެރިވެ ކާމިޔާބުކަމާއިއެކު ކުރިހޯއްދަވައިފާބޭފުޅެކެވެ. 7 އޯގަސްޓް 2008 ގައި ތަސްދީޤް ކުރެވުނު ޤާނޫނު އަސާސީގެ ދަށުން ސަރުކާރު ހިންގުމަށް ގެނެވުނު ބޮޑު ބަދަލާއި ގުޅިގެން ރައްޔިތުންގެ މަޖުލިސްގައި ސަރުކާރާއި އިދިކޮޅުފަރާތްތަކުން ދައްކާ ގިނަވާހަކަތައް އަމާޒުވެގެންދަނީ ސީދާ އިލްޔާސް އިބްރާހިމްއަށެވެ. ނަމަވެސް މިކަމުގައި ސީދާ އެމަނިކުފާނު ޖަވާބު ދާރީ ވަނީ ސާބިތުކަމާއި އެކުގައެވެ. އަދި ބައެއް ރައްރަށުގައި ދިރިއުޅެމުންގެންދާ އިދިކޮޅުފަރާތްތަކުން އެމަނިކުފާނަށް ބަހުގެ ހަމަލާތަކާއި މަލާމާތުގެ ބަސްތައްވަނީ ރައްދުކޮއްފައެވެ. މިކަމަށްވެސް އެމަނިކުފާނު ޖަވާބު ދެއްވަނީ ވަރަށް ކެރިހުންނަވައިގެން އެބަޔަކު ރުޅިނާންނަ ފަދަ ސާދާ ބަހުރުވައިންނެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމަނިކުފާނު އިސްވެ ރިޔާސަތު ބެލެހެއްޓެވި ގިނަޖަލްސާތައް ބޭއްވިފައިވެއެވެ. އެމަނިކުފާނު ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވާއިރު މީހުން އަޑުއަހާ ފަދަ ޢިބާރާތަކުން ވާހަކަފުޅު ދައްކަވާކަމީ އެމަނިކުފާނުގެ ކިބައިގާހުންނަ މާތްސިފައެކެވެ. އަޅުގަޑު ދެކޭގޮތުގައި އެމަނިކުފާނު އަރިހުގައި މަސައްކަތްކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އަދި މަސައްކަތްކުރަންވީގޮތް ވަރަށް ރަގަޅަށް އޮޅުންފިލުވައިދެއްވައެވެ. ( އަޅުގަނޑަކީވެސް އެމަނިކުފާނު އަރިހުގައި 1979 ން 1991 އަށް ވަޒީފާއަދާކުރުމުގެ ފުރުސަތު ލިބިފައިވާމީހެކެވެ. ) ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ޕާޓީތަކުގެ ރޯލްފުޅާވެގެންކުރިއަށް ހިންގުމުގައި އެމަނިކުފާނުގެ ދައުރު ވަރަށް ރަގަޅައް ފެނިގެންދިޔައެވެ. މިގޮތުން އަޅުގަނޑު ފާހަގަކުރަނީ ޑީއާރުޕީއިން ހިންގި ގިނަހަރަކާތްތަކުން އެމަނިކުފާނު ފެނިގެން ދިޔައީ ޕާލަމެންޓްރީ މެމްބަރެއްގެ ގޮތުގައެވެ. އަދި ނިޒާމީ ވޯޓް ނެގުމަށާއި މަލްޓި ޕާޓީ އެކުލެވޭގޮތަށް ބޭއްވުނު ރިޔާސީއިންތިޚާބުގެ ކެމްޕޭން އާއި ޑީއާރުޕީ ޕްރޮމޯޓް ކުރުމުގައި އިލްޔާސް އިބްރާހިމް ގެންގުޅުއްވި ސިޔާސަތު ފާހަގަކުރެވިގެންދިޔައެވެ. އެމަނިކުފާނަކީ ސިޔާސީގޮތުން ވަރަށްގިނަ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ވިސްނުންތޫނު ބޭފުޅެކެވެ.

ފުރުއްވި ސަރުކާރުގެ ބައެއް މަތީ މަޤާމް[އުނިއިތުރު ގެންނަވާ]

  1. ރައްޔިތުންގެ މަޖްލީސް މެމްބަރުކަން
  2. މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް މިނިސްޓަރ ކަން
  3. މިނިސްޓްރީ އޮފް ޑިފެންސްގެ ނާއިބުކަން
  4. ސިފައިންގެ ވެރިޔާގެ ނާއިބުކަން
  5. އެސްޓީއޯގެ މެނެޖިންޑިރެކްޓަރކަން
  6. މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭސަންގެ މިނިސްޓަރ ކަން
  7. މިނިސްޓްރީ އޮފް ހެލްތްގެ މިނިސްޓަރ ކަން