Jump to content

ޢަރަބިއްޔާ ސްކޫލު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ

ޢަރަބިއްޔާ ސްކޫލު ނުވަތަ އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާއަކީ ދިވެހިރާއްޖޭގައި ހުޅުވުނު ޢަރަބި އިސްލާމީ ތަޢުލީމު ދޭ ފުރަތަމަ ސްކޫލެވެ.

ޢަރަބިއްޔާ ސްކޫލު ހުޅުވީ 1987ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 8ވަނަ ދުވަހު ދިވެހިރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ.

ޢަރަބިއްޔާ ސްކޫލުގައި ކިޔަވައިދިނުން އޮންނަނީ 3 މަރުޙަލާއަކަށެވެ. އެއީ އިބްތިދާއީ، އިޢުދާދީ، ޘާނަވީ، މި 3 މަރުޙަލާއެވެ. އިބްތިދާއީގައި ހިމެނެނީ ގުރޭޑު އެކަކުން ގުރޭޑު ހަޔަކަށެވެ. އިޢުދާދީގައި ހިމެނެނީ ގުރޭޑު ހަތަކުން ގުރޭޑު ނުވަޔަކަށެވެ. ޘާނަވީގައި ހިމެނެނީ ގުރޭޑު ދިހަޔެކެވެ.

މި ސްކޫލުގައި ގުރޭޑު 12 އާ ހަމައަށް ކިޔަވައިދެއެވެ.

މަދަރުސާގެ މޮޓޯ

[އުނިއިތުރު ގެންނަވާ]

نبني أمتنا بالإيمان والعلم والعمل - އަހަރެމެންގެ އުއްމަތް ބިނާކުރާނީ އީމާންކަމާއި ޢިލްމާއި ޢަމަލުންނެވެ.

މަދަރުސާގެ ލަވަ

[އުނިއިތުރު ގެންނަވާ]

ޢިލްމުން ހެނދުން އަޅައިގެން

ހޭލާ ދަރީން ހިނގާށޭ

އަބަދަށްޓަކައި ހޯދަން ހިޔާ

...

ޢިލްމީ މިމަދަރުސާގައި

މިނަމަށް ޤަދަރު ކުރާށޭ

ޢަރަބިއްޔަތުލް އިސްލާމިއްޔާ

...

ބިންގާ އަޅާ އީމާންކަމުން

ޢިލްމާއި ޢަމަލުން ޅަފަތުގައި

އުއްމަތް ބިނާކޮށްދޭނަމޭ

ބުނަމޭ އަހަރެމެން އަޒުމުގައި

މިމޮޓޯ މަތީގައި ޚިޔާލް ދިރުވާ

ރީތި ޚުލްގެއްގައި ނަޔާ

ޢިލްމީ......

...

ނިސްބަތް ވެފައވީ ހަތަރުބައި

މުސްލިމް ޚަލީފާއިންނަށޭ

ވިސްނާ މިކަން ރޫޙާ ހިތުން

ވާދައިގެ ރޫޙާ އެއްގޮތަށް

ހުރިހާ ކަމެއްގައި ވާދަ ކުރަމުން

ދާނަމެ ވެވިގެން ގަޔާ

ޢިލްމީ......

...

ޢިލްމުން ހެދުން......

ޢިލްމީ.....

އިތުރު ފަންގިފިލާތައް

[އުނިއިތުރު ގެންނަވާ]

ސްކޫލްގެ ވެބްސައިޓް- https://web.archive.org/web/20190905042705/http://arabiyya.edu.mv/>