އަލްއުސްތާޛު ޢަބުދުއްރައްޒާޤު ޢަބުދުލް ވައްހާބު
Appearance
އަލްއުސްތާޛު ޢަބުދުއްރައްޒާޤު ޢަބުދުލް ވައްހާބު ގެ ބައްޕާފުޅަކީ ޞ.ސ. އައްނަބީލް ޢަބުދުލް ވައްހާބު (ބޮޑުދަހަރާގޭ މަނިއްޕުޅު) އެވެ. މަންމާފުޅަކީ ބޮޑުފެންވަޅުގޭ ސީދީގެ ސިއްތި (ބޮޑުގަލުގޭ ސިއްތި) އެވެ. އަލްއުސްތާޛު ޢަބުދުއްރައްޒާޤު ޢަބުދުލް ވައްހާބު އަކީ ކަންހިންގުމުގައި ވަރަށް ހުސިޔާރު ބޭފުޅެކެވެ. ތައުލީމާއި ފަންނުތައް ރާއްޖެއިން ބޭރުން އުގެނިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އުރުދޫ އަދި ސިންގަޅަ ބަސް ދެނެވަޑައިގަންނަވައެވެ.
ފުރުއްވި މަގާމްތައް
[އުނިއިތުރު ގެންނަވާ]- 12 ޖުލައި 1951 ހޯމަ : ވަޒީރުއް ޞިއްޙާ ގެ ނާއިބުކަން
- 31 ޑިސެމްބަރު 1952 ބުދަ : ވަޒީރުއް ޞިއްޙާގެ ވަކީލުކަން
- 1956 : ނިޔާ ކަނޑައަޅާ ކޮމިޓީގެ ރައީސްގެ ބަދަލުކަން
- 1968 : މިނިސްޓްރީ އޮފް ޖަސްޓިސްގެ ސެކެޓްރީކަން
- 12 ނޮވެމްބަރު 1968 ހޯމަ : މިނިސްޓްރީ އޮފް ޖަސްޓިސްގެ ހިންގާ ސެކެޓްރީކަން
އަޚުންނާއި އުޚުތުން
[އުނިއިތުރު ގެންނަވާ]ޢަބުދުއް ރަޝީދު ދަހަރާގެ ޢަބުދުލް ޙަމީދު ދަހަރާގެ ދިޔާނާ ޢަބުދުލް ވައްހާބު ދަހަރާގެ
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006