އަލްއުސްތާޛު އަޙުމަދު އަސްލަމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަލްއުސްތާޛު އަޙުމަދު އަސްލަމް އަކީ ދިވެހިބަހުގެ ކުޅަދާނަ އަދީބެއް ކަމުގައިވާ އަދި ދިވެހިރާއްޖޭގެ ތަޢުލީމަށް އަގުބޮޑު ޚިދުމަތްތަކެއް ކޮށްދެއްވި، ހ.މާދޫގޭ އަލްފާޟިލް ޢަލީ އަޙުމަދުގެ ދޮށީ ދަރިކަލުންނެވެ. އަލްއުސްތާޛު އަޙުމަދު އަސްލަމް އަށް ޤާޟީ ކަމުގެ ސަނަދު އަދި ނިޔާ ކަނޑައެޅުމުގެ ސަނަދު ވެސް ލިބިފައި ވެއެވެ.

މަގާމްތައް[އުނިއިތުރު ގެންނަވާ]

  • ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • ރައްޔިތުން ޚާއްޞަ މަޖުލީހުގެ މެންބަރުކަން
  • ދިވެހިރާއްޖޭގެ ލޯ ކޮމިޝަންގެ މެންބަރުކަން
  • ވަޒީރުލް އަޢުޒަމް އޮފީހުގެ ޗީފް ސެކެޓްރީކަން
  • މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލުކަން
  • މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑިރެކްޓަރުކަން
  • އެޓާރނީ ޖެނެރަލް އޮފީހުގެ ޑިރެކްޓަރުކަން
  • މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ އެގްޒެކްޓިވް ޑިރެކްޓަރުކަން
  • ހެންވޭރު ސްކޫލްގެ ފުރަތަމަ ނާޒިރުކަން
  • ހަވީރު ނޫހުގެ އެޑިޓަރުކަން
  • މޯލްޑިވްސް ޓެނިސް އެސޯސިއޭޝަންގެ ޗެއާރމަންކަން

އަލްއުސްތާޛު އަޙުމަދު އަސްލަމް އަކީ ދިވެހި ބަހުގެ އުސްތާޛެއްވެސް މެއެވެ. މަދަރުސަތުލް ޢާލިޔާގެ ދަރިވަރުންނަށް ވަރަށް ދިގު މުއްދަތެއް ވަންދެން ދިވެހި ކިޔަވާ ދެއްވި އެވެ. އަދި މަޢުހަދުން ހިންގެވި މުޙާމީ ކޯސްތަކުގެ ދަރިވަރުންނަށް ވެސް ދިވެހި ކިޔަވާ ދެއްވި އެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ދަށުން ހިންގަމުންދާ ބަސްކޮމިޓީގެ މެންބަރުކަން ވެސް 20 ވަރަކަށް އަހަރު ކުރައްވާފައި ވެއެވެ. މީގެ އިތުރުން ޓެލެވިޒަން މޯލްޑިވްސްގެ ނިއުސް ރޫމްގައި ދިވެހިބަހާ ބެހޭ ޚާއްޞަ އެހީތެރިއެއްގެ ގޮތުން 20 ވަރަކަށް އަހަރު މަސައްކަތްކުރައްވާފައި ވެއެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006