އަލްއުސްތާޛު ނ.ތ ޙަސަން ދީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަލްއުސްތާޛު ނ.ތ ޙަސަން ދީދީ (މ.މާނެލް) ފުރަތަމަ ތަޢުލީމް ޙާޞިލް ކުރެއްވީ އިންޑިޔާ އިންނެވެ. އޭގެ ފަހުން މަޖީދިއްޔާ ސްކޫލުންނެވެ. އިގިރޭސި، އުރުދޫ، ސިންގަޅަ، އަދި ތަމަޅަ ބަސް ރަގަޅަށް ދެނެވަޑައިގަންނަވައެވެ. އަލްއުސްތާޛު ނ.ތ ޙަސަން ދީދީ އަކީ ދެކުނު ގަޑުބަޑުގައި ހުވަދު އަތޮޅު އަތޮޅުވެރިކަމުގައި ހުންނަވަނިކޮށް ވަރަށް ގިނަ އަނިޔާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަލްއުސްތާޛު ނ.ތ ޙަސަން ދީދީ ގެ ބައްޕަ އަކީ ނޫމަރާ ގަނޑުވަރު ތުއްތު މަނިއްޕުޅު އެވެ. މަންމައަކީ ކަންމަތީގެ ޢަލީ ރަނަހަމާތި ކަލޭގެ ފާނުގެ އާމިނަތު ދީދީ އެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 1949 : ކާތިބު – ވުޒާރަތުއް ދާޚިލިއްޔާ
  • 1950 : ސެކެޓްރީ – މަޙްކަމަތުއް ޝަރުުޢިއްޔާ
  • 1956 : ރައްޔިތުން މަޖުލީހުގެ ނ.އަތޮޅުގެ މެންބަރުކަން (15އަހަރު)
  • 1958 – 1959 : އަތޮޅުވެރިކަން – ހުވަދު އަތޮޅު
  • 1960 : ނާއިބު ޤާއިމްކަން – ވުޒާރަތުއް ދާޚިލިއްޔާ
  • 12 ނޮވެމްބަރު 1968 – 23 އޮގަސްޓް 1972 : ޕްރައިވެޓް ސެކެޓްރީކަން

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006