Jump to content

އަލްއަމީރު ޢަބުދުﷲ ޢިމާދުއްދީން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އަލްއަމީރު ޢަބުދުﷲ ޢިމާދުއްދީން (ޙާޖީ ޢިމާދުއްދީންގެ ދޮށީ މަނިއްޕުޅު) އަކީ އައްސުލްޠާނުލް ޙާއްޖު މުޙައްމަދު ޢިމާދުއްދީން ރަދުން (ޙާޖީ ޢިމާދުއްދީން) ގެ ދަރިކަލެކެވެ. މަންމާފުޅަކީ ނޫރައްދީންގެ ބަންޑާރައިންގެ ގޮމާ އެވެ. އަލްއަމީރު ޢަބުދުﷲ ޢިމާދުއްދީން އަކީ މިޞްރުން ތަޢުލީމް ޙާޞިލްކުރެއްވި ޢިލްމުވެރި އެކެވެ. ޢަރަބި، އުރުދޫ، ފަރަންސޭސި ބަސް ދެނެވަޑައިގަންނަވައެވެ. ވަރަށް ހަރަކާތްތެރި މުރުއްވަތްތެރި، އަޒުމް ވަރުގަދަ ބޭފުޅެކެވެ. ޝަމުސުއްދީން ރަދުންގެ ދުވަސްވަރުގައި މިމަނިއްޕުޅުގެ ބައްޕާފުޅުގެ މައްޗަށް ރަސްކަން އަބުރައިލެއްވުމުގެ ހަރަކާތްތަކެއް މާލޭގެ ރައްޔިތުންގެ މައްޗަށް ހިންގުމުގެ ސަބަބުން އެމަނިއްޕުޅުގެ މަގުބޫލްކަން އިތުރުވެގެން ދިޔައެވެ. އަލްއަމީރު ޢަބުދުﷲ ޢިމާދުއްދީން އަށް ވަލީ ޢަހުދުކަން އެރުވުނެވެ. އަވަހާރަވީ 18 ރަބީޢުލް އައްވަލް 1375 ގައެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006