އަދުނާން ޙުސައިން

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަލްއުސްތާޛު އަދުނާނު ޙުސައިން (ގުލްފާމުގޭ އަދުނާން) އަކީ ބޮޑުގަލު މޫސާ ދީދީގެ ފުތް އައްޝައިޚް ޙުސައިން ޞަލާޙުއްދީން ގެ ދަރިކަލެކެވެ. މަންމައަކީ މެދުގަނޑުވަރު ތުއްތު ގޮމާ އެވެ. އަދުނާން ޙުސައިން ކިޔަވާ ވިދާޅުވީ މަދަރުސަތުއް ސަނިއްޔާ އިންނާއި، ސިލޯނުގެ އިގިރޭސި ކޮލެޖްތަކުންނެވެ. އިގިރޭސި، އުރުދޫ ސިންގަޅަ، ދެނެވަޑައިގަންނަވައެވެ.ޤާޟީ ވަކީލުކަން އަދާކުރެއްވުމުގައި ގާނޫނީ ގޮތުން އިސްރޯލެއް އަދާކުރެއްވި އެވެ. ދެވަނަ ޖުމުހޫރިއްޔާގެ ކުރިން ވަރަށް ގިނަ ފަަހަރު އަމްނު އާންމުގެ މަހްކަމާ ހިންގެވުމާއި ހަވާލުވެ ހުންނެވި އެވެ.

މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 8 އެޕްރީލް 1951 – ބަންޑާރަ ނާއިބުގެ މުޢާވިންކަން
  • ބަންޑާރަ ނާއިބުކަން (3 ފަހަރު )
    • 26 ސެޕްޓެމްބަރު 1956 – 11 ނޮވެމްބަރު 1968 – ފުރަތަމަ ފަހަރު
    • 20 ޞަފަރު 1376ހ – 3 އޮގަސްޓް 1959 – ދެވަނަ ފަހަރު
    • 8 މާރޗް 1975 – 11 އޮގަސްޓް 1981 – ތިންވަނަ ފަހަރު
  • 11 ނޮވެމްބަރު 1968 – 16 އޮގަސްޓް 1972 – މިނިސްޓަރ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްކަން
  • 27 ޛުލްގައިދާ 1379ހ – 12 ނޮވެމްބަރު 1968 – ރަދުންގެ ކާތިބުއް ސިއްރުކަން
  • 1 އޮގަސްޓް 1972 – 8 މާރޗް 1975 – މިނިސްޓަރ އޮފް އެޑިޔުކޭޝަންކަން
  • 11 އޮގަސްޓް 1981 – 1 ނޮވެމްބަރު 1991 – ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާކަން

އަވަހާރަވީ 1 ނޮވެމްބަރު 1991 ގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006