އަދަބީ - (ބަނދި )

ވިކިޕީޑިއާ އިންވިކިޕީޑިއާ

'ބަނދި'


އަދަބީ - ބަނދި، ކާ، އަންބާ


ދިވެހީން އިސްލާމްދީން ޤަބޫލްކުރުމުގެ ކުރީން ޅެންހަދައި އުޅުނުކަމެއް، ނޫންކަމެއް އެނގޭކަށް، އެއްވެސް ގޮތަކުން ނުފެނުނެވެ. އަދި ފަހުން ފެނިދާނެޔެކޭވެސް ހީއެއްނުވެއެވެ. ދެން މިއިން އެއްވެސް ކަމެއް އެނގޭނެ މަގެއް ނެތްކަމަށްވިޔަސް އެނގޭކަމަކީ ދިވެހީން، ދިވެހިބަހުން ހަތަރު ވައްތަރެއްގެ ޅެން ހަދާފައިހުރިކަމެވެ! އެއީ، ބަނދި، ކާ، ފަރިހި، ރައިވަރު މިހަތަރު ވައްތަރެވެ. ދެން އަދި އަޅުގަނޑުމެންގެ ހަނދާނުގައި ހަދާންފެށުނު ޅެމެވެ، ކިޔާ ވައްތަރު މީގެތެރެއަށް ލީމާ ފަސްވައްތަރު ހަމަވީއެވެ.

މިއިން އެންމެ އިސްކަމަށް ފެންނަނީ ބަންޖެވެ. މީގެ ދެބާވަތެއް ހުރެއެވެ. އެއްބާވަތަކީ ޅަކުދީން ލޮއްސާން، ކުޅިވަރަށް، ފޫހިފިލުވާން ކިޔައިއުޅޭ ބާވަތެކެވެ. އަނެއް ބާވަތަކީ ސަޑިފަންޑިތަވެރީން، ފަންޑިތައަށް ބޭނުންކޮށް އުޅޭ ބާވަތެކެވެ." -އައްސައްޔިދު ބޮޑުފެންވަޅުގެ ސީދީ-


ނޯޓް: މަތީގައި ލިޔެފައިވާ ބަޔާނަކީ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ 21 ރަބީޢުލްއައްވަލް 1382 (22 އޯގަސްޓް 1962) ގައި އޭނާ ލިޔުއްވާފައިވާ "ކަންޒުލް އަދަބް" މިފޮތުގެ މުޤައްދިމާގައި ދިވެހި ޅެންވެރިކަމާއި ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މިފޮތަކީ ދިވެހި އަދަބީ ގުލްޝަނުން ފަރިވެ ފޮޅުނު ވަސްމީރު، ކުލަރީތި މާތަކުގެތެރެއިން އަލްމަރުޙޫމް ބަނޑޭރި ޙަސަންމަނިކުފާނު ހެއްދެވި ދިޔޯގެ ރައިވަރާއި، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތު ހައްދަވާފައިވާ ރައިވަރުފޮތްތައް ހިމަނައިގެން އެމަނިކުފާނު އެއްކޮށްލެއްވި މާބޮނޑިއެކެވެ. މިފޮތަކީ ދިވެހި އަދަބީ ޚަޒާނާއިން ހޮވާލެވުނު އަގުހުރި ރަންމުތުގެ ޢަބާރަނައެކެވެ.




މިސާލު:

1- ދިޔޯ އިތުރު ބޮޑުކަންނާ

ހެދިނަވަށް ވަޑައިގަންނާ

ފައިދޮންނަ ގަލެއްކަމުލީ

ފީރޯޒު ގަނޑެކެ ނަންކީ


2- ސަމަންދަރޯ ސަމަންދަރޯ

މާކަނޑުމާ ސަމަންދަރޯ

ސަމަކުރަންދި ކަޅުބިލަމަސް

ދަހިވެވިގެން ކަޅިވެވިގެން

މިއޮޑިޔަށް އަރާ ބާނީ

މަރަޖަލް ބަޙްރައިނީ



ދަނެއު، މިދެބަނދީން (ދިޔޯ އިތުރު ބޮޑުކަންނާ) މިއީ ވަރަށް ދިގު ބަންޖެކެވެ. ނަމަވެސް މިސާލުދެއްކުމަށްޓަކައި، މިހަތަރުބަސް ލިޔުނީއެވެ. ދެންމި (ސަމަންދަރޯ) ބަނދި މިއީ މާކުރު ބަންޖެކެވެ. އެހެނަސް މިން މިސާލުދެއްކުމަށްޓަކއި މިހަބަސް ލިޔުނީއެވެ. ދެންކުދީން ލޮއްސުމަށާއި ފޫހިފިލުވުމަށް ކިޔާ އުޅޭ ބާވަތުގެ ބަނދިން މިސާލު ހިމަނާލާނަމެވެ.


3- ބޯ ބޯ ބޮއްތަލޯ

ދެފެނު ކަޔޯ ފެން ބަތް ކަޔޯ

އޮޑިވަތު ދިޔަ ހިއްކަޔޯ ބޯ

ލަ ން މާ ރަ މަ ޔޯ

ބޯލަ ދެތިން މައިން އެކީ

ފައި ބަނދެގެން ރިތް ބިދެގެން

ކަނޑަށް ބިމަށް ޕޮއް

ހަކުރު ކޮޅު މަސް ކޮޅު ކާށި ކޮޅު

މިއެތިކޮޅު ކައިގެން ބޮއިގެން

ރާވެރިބޭ މިއޮތް ދިގު ރުކުކުރިން އަރާ

މިއޮތް ބޯބޯ ކަށިކެޔޮ ވާތެރޭން

ދަމާ ނެރޭ ދަމާ ނެރޭ



4- އިލޯވަޅިއަ މިލޯ ވަޅިއަ

ރަން ގޯތީ ރަން ދެވަޅިއަ

ކެލާކަތި ކުނބޯ ވަޅިއަށް

އުކުނު ވެރޭ ގޮބޮޅި ވެރޭ

ސާން ސާން ތިންތި

ލޯ ބިހާ ބިހާ ނާގު ބޯ

ފަ ން ޏަ ގި ރީ ހަބީބޯ

ކާޅުކައްޕިއަށް ފަނި ފޮދުލާ

ފަނގަ މުގުރާ ތިނޯހު ލާ

ޕާސް ކަމަށް ޕީސް


5- މާކަނޔޯ ޑިނގާރަޔޯ

މަތިން ދަމުން ބަޑިޖެއްސޯ

ތަކަފަލަގޭ ދޮރުމައްޗަށް

އަރާރުން ހަދައިލައިފައި

ގޮސް އެއިނީ އަތިރީއޭ

އަތިރީ ތިން މަސްދުވަހޭ

އެއްގަމު ތިންމަސް ދުވަހޭ

ކަނަޔަކަށް ހަމަސްދުވަހޭ



6- އޭސިލުނބޭ މީސިލުނބޭ

ވަކަށް އަރާގަތް ސިލުނބޭ

އެސިލުނބު ބަން މާވަޑިޔާ

މިސިލުނބު ބަން މާވަޑިޔާ

ރަތު ރޭ ރޭ ރިހަ ކައްޔާ

ގޮދަން ހަނޑުލު ބަތްކައްޔާ

ރަންވެ ރަން އެނދެގައްޔާ

ރަން ކަންނެއު ލައިފައްޔާ



ބަނދި މިއީ ދިގުމިނަކަށް ބަހުގެ ޢަދަދަކަށް ކަޑައެޅިފައި ވަކިމިންވަރެއް އޮތްކަން އެނގޭ އެއްޗެއް ނޫނެވެ. ވަރަށް ދިގު ބަނދި ހުންނަ ފަދައިން ދާދި ކުރު ބަންދިވެސް އެބަހުއްޓެވެ. އަދި މަތީގައި މިސާލުގެ ގޮތުގައި ގެނެސްދީފައިވާ ހަބަނދި އޮތް ވަޒަން (ބާރަފިލި) ނޫން އެހެން ވަޒަނަކަށް ހަދާފައި އޮތް ބަންޖެއްވެސް ނުފެނެއެވެ. އަދި ރައިވަރު ފަދައިން ބަސްތައް ހުއްޓޭ ކާފިޔާތައް، ވައތަރުކޮށް އެއްގޮތް ކުރާން އުޅުމާއެކުވެސް މާބޮޑު ފަރުވާތެރިކަމެއް އެކަމަށް ނުބަހައްޓައެވެ. މިކަން މިތާ ލިޔެފައި އޮތް ހަބަނދިންވެސް ވިސްނޭނެކަމަށް ހީކުރަމެވެ.

udeylia 16:07, 6 ޑިސެމްބަރު 2009 (UTC)