އަމްރީތާ ސިންގ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަމްރީތާ ސިންގ ( އުފަންވެފައިވަނީ ނޮވެމްބަރު 9، 1958 ) އަކީ އިންޑިޔާގެ ހިންދީ ފިލްމީ ތަރިއެކެވެ. އަމްރީތާގެ ބައްޕަ ފަރާތު ހޫރު ކާފަ ސަރ ސޮބްހާ ސިންގ އަކީ 20 ވަނަ ގަރުނުގައި ނިއުދިއްލީ ބިނާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ވަރަށް ފުންނާބު އުސް ކޮންޓްރެކްޓަރެކެވެ. އަމްރީތާގެ މަންމަ އަކީ ރުޚުސާނާ ސުލްތާނާ އެވެ. އަމްރީތާ ވަރަށް ކުޑައިރު މައިންބަފައިން ވަނީ ވަކިވެފައެވެ. ޕްރައިމަރީ ތައުލީމް ޙާޞިލްކުރީ ނިއުދިއްލީގެ މޮޑަން ސްކޫލުންނެވެ. ފިލްމީ ދާއިރާއަށް ނިކުތުމުގެ ކުރިން އަމްރީތާ ސިންގ އަކީ ބެލޭ ޑާންސް ކުރާ މީހެކެވެ. އަމްރީތާ ސިންގ ފިލްމީ ދާއިރާއަށް ތަޢާރަފްވެގެންއައީ 1983 ވަނަ އަހަރު ނިކުތް ބޭތާބް އިން ފިލްމީ ތަރި ސަނީ ޑިއޯލް އާއި އެކުގައެވެ. އަމްރީތާ ފިލްމް ކުޅުން ހުއްޓުމާލުމަށްފަހު ފިލްމީ ތަރި ސައިފް ޢަލީ ޚާން އާއި ކައިވެނިކުރީ 1991 ވަނަ އަހަރު އެވެ. ސައިފް ޢަލީ ޚާން އަކީ އަމްރީތާ ސިންގ އަށްވުރެ 13 އަހަރު ހަނގުމީހެކެވެ. އެދެމަފިރިންނަށް 2 ކުދިން ލިބިފައި ވެއެވެ. އެއީީ ސާރާ އަދި އިބްރާހީމް އެވެ.