އަމިއްލައަށް މަރުވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަމިއްލައަށް މަރުވަން މީހުން އުޅެނީ ވަރަށް ގިނަ ސަބަބުތަކާ ހުރެއެވެ. މީގެތެރޭގައި އެމީހަކު އުފެދިފައި ހުންނަ ގޮތް، އެމީހަކު ދިރިއުޅޭ މާހައުލު ނުވަތަ ވެށި، ނަފުސާނީ ބަލިތައް، މާލީ ހާލަތު ދަށްވުން، މަސްތުވާތަކެތި ނަހަމަގޮތުގައި ބޭނުންކުރުން، މުޖުތަމަޢުގައި އެކަނިވެރިވުން، އާއިލާގެ މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތައް އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ހިމެނެއެވެ. ދުނިޔޭގައި 10 ވަނައަށް އެންމެ ގިނައިން މީހުން ދުނިޔެދޫކުރަނީ އަމިއްލައަށް މަރުވެގެންނެވެ. އަމިއްލަ އަށް މަރުވުމަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ސަބަބެވެ. އަދި އުމުރުން 25 އަހަރުން ދަށުގެ ކުދިންނާއި، މީހުން މަރުވާ 3 ސަބަބުގެ ތެރެއިން އެއް ސަބަބެވެ. ދުނިޔޭގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 1 މިލިޔަން މީހުން އަމިއްލައަށް މަރުވެއެވެ. އެއީ ކޮންމެ 2 މިނިޓަކުން އެކަކު އަމިއްލައަށް މަރުވުމެވެ.