އައްޝައިޚް އަލްއަލްބާނީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އައްޝައިޚް އަލްއަލްބާނީ އަކީ އިސްލާމީ ދުނިޔެ ދުށް ވަރަށް މޮޅު ޢިލްމު ވެރިއެކެވެ.


ނަސަބު[އުނިއިތުރު ގެންނަވާ]

އައްޝައިޚް އަލްއަލްބާނީ ގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު ނާޞިރުއްދީން ބިން އަލްޙާއްޖު ނޫޙް އަލްއަލްބާނީ އެވެ. މަޝްހޫރު ނަންފުޅަކީ އަލްއަލްބާނީ އެވެ. އުފަންވެވަޑައިގަތީ 1914 ވަނަ އަހަރު އަލްބޭނިޔާގެ އޭރުގެ ވެރިރަށް އަޝްޤޫދްރާ އޭ ކިޔުނު ރަށެއްގައެވެ. އޭނާގެ އާއިލާ އަކީ މާއްދީ ގޮތުން ފަގީރު، އިލްމީ ގޮތުން މުއްސަދި ދީންވެރި އާއިލާ އެކެވެ. އަލްއަލްބާނީގެ ބައްޕާފުޅަކީ އެރަށުގެ މީހުން ދީނީ ކަންތައް އޮޅުން ފިލުވުމަށްދާ މަރުޖިޢެކެވެ. ވަރަށް ތުއްޕުޅު އިރު ބައްޕާފުޅާ އެކު އަލްބޭނިޔާ ދޫކުރައްވައި ސޫރިޔާ އަށް ވަޑައިގެން ދިމިޝްޤުގައި ވަޒަންވެރިވެ ވަޑައިގެންނެވި އެވެ. ދިމިޝްޤަށް ވަޑައިގެން އެތާގެ މަދަރުސަތުލް އިސްޢާފުލް ޚައިރީ އިން އިބްތިދާއީ ތަޢުލީމު އުގެނިވަޑައިގެންނެވި އެވެ.


ޝައިޚް އަލްއަލްބާނީ އަވަހާރަވީ 22 ޖުމާދަލް އާޚިރާ 1420 (2 އޮކްޓޯބަރު 1999) ގައި ޢުމުރުފުޅުން 87 އަހަރުފުޅުގައެވެ.