އައްސައްޔިދު މެދުސީދީގެ ސީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އައްސައްޔިދު މެދުސީދީގެ ސީދީ އަކީ އައްސައްޔިދު ދޮށީ ކަލޭފާނުގެ މެދު ސީދީ އެވެ. މިއީ ތަޢުލީމީ ބޭފުޅެކެވެ. ބޭހާއި ފަންޑިތައިގެ ހުނަރުވެރި އެކެވެ. މޮޓަރު ބޯޓް ގަޑުބަޑުގެ ފަހުން ސިޔާސީ ދާއިރާއިން ނިކުމެ ވަޑައިގެން މުޅިން ވެސް އުޅުއްވީ ރާއްޖެތެރޭގެ ކޮންމެވެސް ހިސާބެއްގައި މަސްވެރިކަމަށް ކިޔެވުމާއި، ފަންޑިތަ ބޭސް ހައްދަވާ ދެއްވުމުގައެވެ. އެސީދީގެ ދަނބި ދަރިކަލުން ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައި ވެސް އަވަހާރަ ވަންދެން އުޅުއްވީ އެގޮތުގައެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 2 ނޮވެމްބަރު 1932 : ފުރަތަމަ ގާނޫނު ހެދި މަޖުލީހުގެ މެންބަރުކަން
  • 1930 : ބޮޑު ބޭކަލެއްކަން

ބޭފުޅުން[އުނިއިތުރު ގެންނަވާ]

  • އަލްފާޟިލް ސަޢީދު ސަޢީދު
  • ހިމިތީގޭ ސީދީ
  • ހިމިތީގޭ ޝަރީފާ (މެދުސީދީގެ ސީދީގެ ސިއްތި)
  • އަބުދުއް ސައްތާރު (މެދުސީދީގެ ސީދީގެ)
  • ޢަޒީޒާ (މެދުސީދީގެ ސީދީގެ)

އެއްބަނޑު އެއްބަފާ ބޭފުޅުން[އުނިއިތުރު ގެންނަވާ]

މެދުސީދީގެ ސިއްތި (ރާވީގެ) މެދުސީދީގެ ތުއްތު ސިއްތި (ކުއްޅަވައްގެ)

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006