އައްނަބީލް ޢަބުދުލް ވައްހާބު

ވިކިޕީޑިއާ އިންވިކިޕީޑިއާ

އައްނަބީލް ޢަބުދުލް ވައްހާބު ގެ ބައްޕާފުޅަކީ ލޯފަން މަނިއްޕުޅުގެ މާންދޫގޭ އަޙުމަދު ތުއްތު މަނިއްޕުޅު އެވެ. މަންމަ އަކީ ކަހަބުގޭ ތުއްތު މަނިކެ އެވެ. އައްނަބީލް ޢަބުދުލް ވައްހާބު އަކީ ވަރަށް ބޮޑަށް ތާރީޚީ މަޢުލޫމާތު ހޯއްދަވާފައިވާ ބޭފުޅެކެވެ. ޝާހީ ޚާންދާންގެ ގަދަރު މަތިކޮށް ހިފެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 22 އެޕްރީލް 1951 : ވަޒީރުލް އަޝްޣާލްކަން
  • 31 ޑިސެމްބަރު 1952 : ވަޒީރުލް އަޝްޣާލްކަން
  • 12 ޖުލައި 1954 : ވަޒީރުއް ޞިއްޙާކަން
  • 1947 : މައްޗަންގޮޅީ އަވަށުވެރިޔާކަން

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006