އައްނަބީލް ޖަޢުފަރު ކަމާލުއްދީން

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

އައްނަބީލް ޖަޢުފަރު ކަމާލުއްދީން (މައްޗަންގޮޅީ ގަނޑުވަރު ތުއްތު މަނިއްޕުޅު) އަކީ މަދަރުސަތުއް ސަނިއްޔާއިން ސާނަވީ ފެންވަރަށް ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އާންމުންނާއި ގުޅުން ބޭއްވި ދައުލަތަށް ވަފާތެރި ޚާދިމެކެވެ. އިގިރޭސި ބަސް އަދި އުރުދޫ ބަސް ދެނެލައްވައެވެ. ދެކުނު ގަޑުބަޑު ހަމަޖެއްސެވުމަށް އިބްރާހީމް ނާޞިރު މޯލްޑިވްސް ސްޓަރ ގައި ވަޑައިގެންނެވި ދަތުރުފުޅުގެ ބައިވެރި އެކެވެ. އައްނަބީލް ޖަޢުފަރު ކަމާލުއްދީން (މައްޗަންގޮޅީ ގަނޑުވަރު ތުއްތު މަނިއްޕުޅު) ބައްޕާފުޅަކީ އާގަނޑުވަރު މަނިއްޕުޅު ނުވަތަ މައްޗަންގޮޅީ ގަނޑުވަރު ޢަބުދުﷲ ތުއްތު މަނިއްޕުޅު އެވެ. މަންމާ ފުޅަކީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ރަދުންގެ ދޮންގޮމާ އެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • މަޙްކަމަތުއް ޞިއްޙާ ގެ ވަކީލުކަން
  • ވުޒާރަތުއް ޞިއްޙާގެ ނާއިބުކަން
  • އެޓާރނީ ޖެނެރަލްގެ ނާއިބުކަން
  • ރައްޔިތުން މަޖުލީހުގެ މެންބަރުކަން

ބޭފުޅުން[އުނިއިތުރު ގެންނަވާ]

  • ނަޞްރުﷲ ކަމާލުއްދީން
  • ޢަބުދުﷲ ކަމާލުއްދީން
  • އަކްރަމް ކަމާލުއްދީން
  • ސަޢާދާ ކަމާލުއްދީން
  • މަޢުޞޫމާ ކަމާލުއްދީން

އަޚުންނާއި އުޚުތުން[އުނިއިތުރު ގެންނަވާ]

  • މުޙައްމަދު ޢިމާދުއްދީން
  • ރަޝީދާ ޢިމާދުއްދީން

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006