އައްނަބީލް ތުއްތު ޢަލީދީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އައްނަބީލް ތުއްތު ޢަލީދީދީ(އެއްގަމުގޭ ތުއްތު ޢަލިދީދީ) އަކީ ތޮއްޑޫ ޢަލިމަނިކުގެ ފުތް ބުރުނީގޭ ޙަސަންދީދީ ( އެއްގަމުގޭ އަލްވަޒީރު ޙަސަން މަނިކުފާނު)ގެ ދަރިކަލެކެވެ. މަންމައަކީ މާވާ ޙުސައިންދީދީގެ ދި ފާތިމާ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1864 ވަނަ އަހަރު އެވެ. އައްނަބީލް ތުއްތު ޢަލީދީދީ ތައުލީމް ޙާޞިލް ކުރެއްވީ ރާއްޖެއިންނާއި ރާއްޖެއިން ބޭރުންނެވެ. މިއީ ހެވިކަމަށް ކުޅަދާނަ ހަރަކާތްތެރި އެކެވެ. ހިލޭ ބޭސްފަރުވާ ރައްޔިތުންނަށް ކޮށްދެއްވި މޮޅު ބޭސްވެރި އެކެވެ. އެއްގަމުގޭ ދަރިކޮޅުގެ އެންމެ ނުފޫޒް ގަދަ އެއްވެރިޔާއެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 1900 : ބޮޑުބަނޑޭރިކަން
  • ޙާޖީ ޢިމާދުއްދީން ރަދުންގެ އެޑްވައިޒަރުކަން

ބޭފުޅުން[އުނިއިތުރު ގެންނަވާ]

  • ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު (އިބްރާހީމް ޢަލީދީދީ / ތުއްތު ޢަލީދީދީގެ ސީދީ)
  • ޢިމާދުއްދީން (5) މުސްކުޅި ބަންޑާރައިންގެ ދަރިކަލުން ޙަސަން އިއްޒައްދީން ލޯފަން މަނިއްޕުޅުގެ އަލްއަމީރާ ދޮންގޮމާ

އައްނަބީލް ތުއްތު ޢަލީދީދީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 1927 ވަނަ އަހަރު އެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006