އައްނަބީލް އިސްމާޢީލް މުޙައްމަދު ދީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އައްނަބީލް އިސްމާޢީލް މުޙައްމަދު ދީދީ (އަލިރަސްގެފާނު ގަނޑުވަރު ތުއްތު މަނިއްޕުޅު) ނުވަތަ އިރުމަތީގޭ އިސްމާޢީލް ދީދީ އަކީ ހެންވޭރުގޭ ޙަސަން ހަކުރާ މަނިކުފާނުގެ މުޙައްމަދު ޙަސަން ދީދީ (އިރުމަތީގޭ މުޙައްމަދުދީދީ) އެވެ. މަންމައަކީ ޙާޖީ އިމާދުއްދީން ރަދުންގެ ދޮށީ ގޮމާ އެވެ. އައްނަބީލް އިސްމާޢީލް މުޙައްމަދު ދީދީ އަކީ އިގިރޭސި ބަސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. މެެދު މިންވަރެއްގެ ތަޢުލީމީ ބޭފުޅެކެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 1944 – އިގިރޭސިން ފައިބާތިބި ކެލާ ތުނޑީގެ ވަކީލުކަން
  • ސިލޯނުގައި ތިބި ދިވެހިކުދިންގެ ވެރިޔާކަން
  • 1952 – މަޙްކަމަތުއް ދާޚިލިއްޔާގެ ވަކީލުކަން
  • 12 ޑިސެމްބަރު 1957 – މަޙްކަމަތުއް ޝަރުޢިއްޔާގެ ވެރިޔާކަން
  • 1943 – ބ.އަތޮޅު ވެރިކަން
  • 1965 – ކަސްޓަމްސްގެ ވެރިޔާކަން

ބޭފުޅުން[އުނިއިތުރު ގެންނަވާ]

  • އަހުމަދު ޖަލީލު (އިރުމަތީގެ)
  • ނާޒްލީ (އިރުމަތީގެ)

އެއްބަނޑު އެއްބަފާ ބޭފުޅުން

  • އައްނަބީލް މޫސާ މުޙައްމަދު ދީދީ
  • އައްނަބީލާ ޒުބައިދާ މުޙައްމަދު ދީދީ

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006