އައްނަބީލް އިބްރާހީމް ޙަބީބު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

އައްނަބީލް އިބްރާހީމް ޙަބީބު (ހުޅަގުގޭ ޙަބީބު)ގެ މަންމާ ފުޅަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ދޮންގޮމާ (ކާށިދޫ ދޮންގޮމާ) އެވެ. އައްނަބީލް އިބްރާހީމް ޙަބީބު އަކީ ސިލޯނު އަދި އިންޑިޔާއިން ކިޔަވާ ވިދާޅުވެފައިވާ ތަޢުލީމީ މޮޅު ބޭފުޅެކެވެ. ހެވިކަމާއި، ސިފައިންގެ މިލިޓްރީ މަސައްކަތް ދަސްކުރައްވައި، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިގިރޭސިންނާއެކު، މިލިޓްރީ ޓްރޭނިނގް ހައްދަވާފައިވާ ގާބިލް ބޭފުޅެކެވެ. އަދި ރާގު ހައްދަވާ، ރާގު ލިޔުއްވާ، ރާގު ފުންމަވާ، އަދި ރާގު ވިދާޅުވާ ބޭފުޅެކެވެ. ސިފައިންގެ ބޭން ޕާޓީއަށް ޓްރޭނިންގ ދެއްވުމުގެ މަސައްކަތް ކޮށްފައި ވެއެވެ. އައްނަބީލް އިބްރާހީމް ޙަބީބު އަކީ އިގިރޭސި، އުރުދޫ، ސިންގަޅަ އަދި ތަމަޅަ ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 4 މާރޗް 1945 : ސިފައިންގެ އޮފިސަރުކަން
  • 21 އޮގަސްޓް 1953 : ސިފައިންގެ ވެރިޔާގެ ނާއިބުކަން

އައްނަބީލް އިބްރާހީމް ޙަބީބު ގެ ބޭފުޅުންގެ ތެރޭގައި އައްނަބީލާ ޙަބީބާ އިބްރާހީމް ޙަބީބު (ހުޅަނގުގެ) ހިމެނިވަޑައިގަންނަވައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006