އަރޮޅި

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަރޮޅި

އަރޮޅި(ސައިންޓިފިކް ނަން: Terminalia chebula)ނުވަތަ (އިނގިރޭސި ބަހުން: Black Myrobalan) އަކީ އޮށް ބޭހުގެ ބާވަތެކެވެ. މިއީ އެތެރޭގައި ހަރު އޮށެއް އޮވެފައި އޭގެ އެތެރޭގައި ކަނަމަދެއް ކަހަލަ މަދެއް އޮންނަ، ބޭރުގައި ބޯތޮއްޓެއްވާ އެއްޗެކެވެ. މީގެ ދެތިން ބާވަތެއް ހުރެއެވެ. އަރޮޅި ރޯކޮށް ހުއްޓައި ބިދެގެން އަސާރައިގެ ތެރެއަށް އަޅައިގެން ބޭނުން ކުރެއެވެ. އަދި މީގެ އިތުރުން ހަކުރާއި އެކު ފެނު ކައްކައިގެން އެއިން ސަރުބަތު ތައްޔާރު ކުރެއެވެ.

ލޯ އަދިރިވުމުން ހިމާޔަތްކޮށްދީ ބައެއް ކަހަލަ ކެންސަރު އާއި ގުޅިގެން އުފެދޭ ޓިއުމަރުތައް ބޮޑުވުން ލަސްކޮށްދިނުމުގައި އަރޮޅި މުހިއްމު ރޯލެއް ކުޅޭކަމަށް ޙަކީމީ ބޭސްވެރިން ބުނެއެވެ. މީގެ އިތުރުން ހަށިގަނޑުގައި އުފެދޭ ވިހަތައް ސާފުކޮށް ދިނުމުގައި މުހިއްމު ރޯލެއް އަރޮޅި އަދާކުރާ ކަމަށް ވެއެވެ. މީގެ އިތުރުން ފިނިވުމުގެ ސަބަބުން ކުރިމަތިވާ ކެއްސުން ފަދަ ބަލިތަކަށް ފަރުވާ ކުރުމަށް ވެސް އަރޮޅި ބޭނުންކޯށް އުޅެއެވެ.