އަރުތެރޭގައި އެއްޗެއް ތާށިވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަރުތެރޭގައި އެއްޗެއް ތާށިވުން(އިނގިރޭސި ބަހުން: Pharyngeal FB impaction) އަކީ ވަރަށް ގިނަ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ދިމާވާ މައްސަލަ އެކެވެ. އާންމު ގޮތެއްގައި ތާށިވެ ހަރުލާކަން ފާހަގަކުރެވިފައިވަނީ މަހުގެ ކައްޓެވެ. އަރުތެރޭގައި އެއްޗެއް ތާށިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ، އަރުތެރޭގައި އެއްޗެއް އިންނަ އިހްސާސްވުން، ކާތަކެތި ދިރުވާއިރު ތަދުވުން، ފަދަ ކަންތައް ހިމެނެއެވެ. އަރުތެރޭގައި އެއްޗެއް އިންނަ ކަމުގެ އިހްސާސް 5-3 ދުވަސްވަރު ވަންދެން ބަލިމީހާ އަށް އިހްސާސް ވެދާނެއެވެ. އެއްޗެއް ތާށިވެފައި ނެތަސް މިއިހްސާސް ބަލިމީހާއަށް ކުރެވޭ ސަބަބަކީ ކައްޓެއް ފަދަ އެއްޗެއް އަރުތެރޭގައި ތާށިވެފައި ދާއިރު އަރުތެރޭގެ އެތެރޭގެ ތެތްދުލިފަށް ތައް ގޭނި، މެށިގެންދާގޮތްވާތީ އެވެ. މާނައަކީ މިބުނި ތެތްދުލިފަށްތައް ގޭނި މެށި އެތެރޭގައި ކުޑަ ފާރުކޮޅެއް ފަދަ އެއްޗެއް އުފައްދާތީ އެއްޗެއް އިންނަ ކަމުގެ އިހްސާސް ބަލިމީހާ އަށް ގެނެސްދެނީ އެވެ. އަރުތެރޭގެ ކޮންމެ ހިސާބެއްގައި ވެސް އެއްޗެއް ތާށިވުމަކީ ވެދާނެ ގޮތެކެވެ . އަނގަޔާވީ އަރުތެރޭ ގައި އެއްޗެއް ތާށިވެއްޖެނަމަ ސާފޭސް އެނިސްތީސިއާ (ވަކި ހިސާބެއް ހޭނައްތައިގެން ނުވަތަ އައްސިކޮށްގެން) ގެ އެހީގައި އަނގަޔަށް އަދަވާތެއް ލައްވައިގެން އެމާއްދާއެއް އަރުތެރެއިން ނެގިދާނެއެވެ. ނަމަވެސް އަޑުފޮއްޓާވީ އަރުތެރޭގައި ( އެތެރޭގައި ) ތާށިވެއްޖެނަމަ މުޅި ހަށިގަނޑު ހޭނައްތައިގެން އެމާއްދާއެއް ނަގަން ޖެހެއެވެ.