އަންނާރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

އަންނާރަކީ 8-5 މީޓަރާއި ދެމެދުގެ އުސްމިނަކަށް ހެދޭ ގަހެއްގައި އަޅާ މޭވާ އެކެވެ. އިރާން އިން ފެށިގެން ހިމާލަޔާގެ އުތުރުގައިވާ އިންޑިޔާގެ ޝަހަރުތަކުގައި ވެސް އަންނާރު ހައްދައި އުޅެއެވެ.

ޞިއްޙީ ފައިދާތައް[އުނިއިތުރު ގެންނަވާ]

އިންސާނުން ކެއުމަށް ބޭނުންކުރެވޭ އެންމެ ދުވަސްވީ މޭވާ ކަމުގައި ބުނެވެނީ އަންނާރު އެވެ. ބޭރަށް ހިންގުމުގެ ހާލަތުގައި ފޮނި ތޮށި ކާފޫރު ތޮޅި އާއި އެއްކޮށް އަންނާރު އާއެކު ކެއުމުން ބޭރަށް ހިންގުން ރަގަޅުކޮށްދެއެވެ. އަޑު ކުރަކިވެ، އަޑު ގޮސްފައިވާނަމަ އަންނާރު ޖޫސް ބުއިމުން ފަރުވާ އަކަށް ފުދެއެވެ. މާމުޔާއި އެކު ބޭނުން ކުރުމުން ކަންފަތުގައި އުފެދޭ ރިހުން ކުޑަކޮށްދެއެވެ. ގުރުދާގެ ބަލިތައް ކުޑަކޮށްދީ ހަޖަމު ރަގަޅުކޮށްދީ ކާހިތްވުން އިތުރު ކޮށްދެއެވެ.

ލޮލުގެ ފެނުން ސާފު ކުރުމުގައި ވެސް އަންނާރު ބޭނުންކުރުން އެހީއަކަށް ފުދެއެވެ. ބަނޑުގައި ރިހުން ކުރިމަތި ވުމުން ކުޑަ ލޮނު ކޮޅަކާއި، އަސޭމިރުސް ކޮޅަކާއި، ބޭނުންކުރުމުން ރިހުން ފިލައިދާ ކަމުގައި ބުނެވެއެވެ. ހިރުގަނޑާއި ދަތުގެ ބަލިތައް ކުޑަކޮށްދިނުމުގައި ވެސް އަންނާރު އެހީތެރި ވެދެއެވެ.