އަންހެނާގެ ޖިންސީ ގުނަވަން ދުޅަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަންހެނާގެ ޖިންސީ ގުނަވަން ދުޅަވުން(އިނގިރޭސި ބަހުން: Vaginitis) އަކީ އަންހެނާގެ ޖިންސީ ގުނަވަން ގައި އިންފްލެމޭޝަން އުފެދުމެވެ. އާންމު ގޮތެއްގައި މިކަން ކުރިމަތިވަނީ ފަރުޖު ދުޅަވުން އާއި އެކުއެކީގައި އެއްކަހަލަ ގޮތަކަށެވެ. އަންހެނާގެ ޖިންސީ ގުނަވަން ދުޅަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

  • ޖިންސީ ގުނަވަން ހިމެނޭ ސަރަހައްދު ހިރުވައި ކެހުން
  • ފަރުޖުގެ ތުންފަތް ރަތްވެ ދުޅަވުން
  • ޖިންސީ ގުނަވަނުން ދިޔަ ބޭރުވުން
  • ޖިންސީ ގުނަވަނުން ނުބައި ވަސްދުވުން
  • ކުޑަކަމުދާން އުދަގޫވެ، ދިލަނެގުން
  • ޖިންސީ ގުޅުން ހިންގާއިރު ހިރުވައި ތަދު އިހްސާސްވުން