އަހުމަދު ޝަކީބު (ޝަކީބުބެ)

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ޝަކީއްބެ

އަހުމަދު ޝަކީބު(ޝަކީބުބެ) ( ގުލްއަލާމާގެ ފ.ފީއަލި ) އަކީ ހުނަރުވެރި ހުށަހެޅުންތެރި އެކެވެ. ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުއައްޒިފެކެވެ. ތައުލީމީ ނިޒާމްގައި ހިމެނޭ ކަރިކިޔުލަމްގެ މަސައްކަތުގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައި ވެއެވެ. ދިވެހި ޓީވީ އަދި ވިލާ ޓީވީ ގައި ޕްރޮގްރާމް ހުށަހެޅުއްވުމުގައި ހަރަކާތްތެރި ވެލެއްވި އެވެ. އަދި ދިވެހި އަދަބިއްޔާތުގައި ހަރަކާތްތެރި ވެފައި ވެއެވެ.

އަހުމަދު ޝަކީބު (ޝަކީބުބެ) ގެ ބައްޕަ އަކީ ފ.ފީއަލީ އިސްމާޢީލް މޫސާ އެވެ. މަންމައަކީ ފ.ފީއަލީ ހައްވާ މޫސާ އެވެ. މިހާރު އުމުރުން 46 އަހަރު ( 2009ގައި ) ޝަކީއްބެ ޒަވާޖީ ހަޔާތެއް ފައްޓާފައިވަނީ އުމުރުން 23 އަހަރުގައެވެ. ޝަކީއްބެ އަށް ދެ އަންހެންދަރިން އެކައިވެނި ލިބިފައި ވެއެވެ. އޭނާގެ އަނހެނުންނަކީ މ.ގުލޭރަންގޭ އާތިފާ އެވެ. ޝަކީއްބެ އަކީ ފީއަލީ އެކުވެރިންގެ ގުޅުންގެ މަސްއޫލް މެންބަރު ވެސްމެއެވެ.

ވަރަށް ގިނަ ދުވަހު ޓިއުޝަން ސެންޓަރެއް ހިންގުމުގެ އިތުރުން ސުކޫލް ދައުރުގައި ތަމްސީލާއި ޑްރާމާތައް ވެސް ކުޅެފައި ވެއެވެ.

ތައުލީމީ އުގެނުން[އުނިއިތުރު ގެންނަވާ]

  • ތައިބާ ސްކޫލް
  • މަޖީދިއްޔާ ސްކޫލް
  • ޕްރައިމަރީ ޓީޗިންގް - މުދައްރިސުންގެ ތައުލީމް ކުރިއަރުވާ މަރުކަޒު - 1984
  • ޑިޕްލޮމާ އިން ޓީޗިންގ - އިގިރޭސި ވިލާތް - 1990
  • ބެޗްލާރސް އޮފް އެޑިޔުކޭޝަން - އޮސްޓްރޭލިޔާ - 2003
  • މާސްޓާރސް އޮފް އެޑިޔުކޭޝަން - އޮސްޓްރޭލިޔާ - 2004

އަދާކުރެއްވި ވަޒީފާ[އުނިއިތުރު ގެންނަވާ]

  • ޕްރައިމަރީ ޓީޗަރ - ޖަމާލުއްދީން ސްކޫލް - 1985
  • ކަރިކިޔުލަމް ޑިވެލޮޕަރ - ދިވެހިރާއްޖޭގެ ތައުލީމް ކުރިއަރުވާ މަރުކަޒު - 1985
  • ސީނިއަރ ކަރިކިޔުލަމް ޑިވެލޮޕަރ - ދިވެހިރާއްޖޭގެ ތައުލީމް ކުރިއަރުވާ މަޒުކަޒު


ޓީވީ ދާއިރާ[އުނިއިތުރު ގެންނަވާ]

1980 ގެ އަހަރުތަކުގައި ޝަކީއްބެ ދިވެހި ޓީވީ އާއި ގުޅުނީ އިގިރޭސިން ހުންނަ ޚަބަރު ދިވެހި ބަހަށް ތަރުޖަމާކުރުމަށެވެ. ޓީވީ އެމް ގައި ހުށަހަޅާދިން ޕްރޮގްރާމް ތަކުގެ ތެރޭގައި :-

  • ތިޔަބޭފުޅުންގެ ފުރުޞަތު - 11 އަހަރުވަންދެން
  • ސުނާމީ ޚާއްޞަ ކަވަރޭޖް
  • ޓެލެތޯން
  • ސްޕޯޓް އެއިޑް
  • މަރިޔާދު
  • ހާރުދަން
  • ހެދުނު ހެދުނާ

2009 ވަނަ އަހަރު ޝަކީއްބެ ޓީވީއެމް ދޫކޮށް ވީޓީވީ އާއި ގުޅުނެވެ. ވީޓީވީގައި ފުރަތަމަ ހުށަހެޅި ޕްރޮގްރާމް އަކީ ހަވޭލި ކިޔާ ކުއިޒް ޕްރޮގްރާމް އެކެވެ.

ދިވެހި އަދަބިއްޔާތުގައި[އުނިއިތުރު ގެންނަވާ]

ޝަކީއްބެ އަކީ ދިވެހި އަދަބިއްޔާތާއި ވެސް ވަރަށް ގުޅުން ހުރި ބޭފުޅެކެވެ. ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ޚާއްޞަ ކުރެވިގެން ފުރަތަމަ ފަހަރަށް ނޫހެއް ނެރުއްވީ ކޮވެލި ގެ ނަމުގައި ޝަކީބުބެއެވެ. މީގެ އިތުރުން ކޮކާ، އަދި ކޮވެލި މިދެނަމުގައި ދެމަޖައްލާ ނެރުއްވި އެވެ. މީގެ އިތުރުން ދުވަހު ނޫސް ހަވީރުގައި ކުޑަކުދިންގެ ޞަފްޙާ އަދި ބޭރުގެ ޚަބަރުތައް ލިޔުއްވި އެވެ. ކުޑަކުދިންގެ ބަހުރުވައިން އެކުދިންގެ އުމުރާއި ގުޅޭގޮތަށް ލިޔުނު ބޮޑުތަކުރުފާނު ވާހަކަ އަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އެވޯޑް ލިބިފައި ވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ތައުލީމްކުރިއަރުވާ މަރުކަޒުގައި ވެސް ތަފާތު ފޮތްތައް ލިޔެފައި ވެއެވެ.

ލިޔުނު ނޫސް ފޮތް މަޖައްލާތައް[އުނިއިތުރު ގެންނަވާ]

  • ކޮވެލި - ކުޑަކުދިންގެ ނޫސް
  • ކޮތަރު - ކުޑަކުދިންގެ މަޖައްލާ
  • ކޮކާ - ކުޑަކުދިންގެ މަޖައްލާ
  • ބޮޑުތަކުރުފާނު ވާހަކަ

ޝީއާއި ގުޅިވަޑައިގަތުން[އުނިއިތުރު ގެންނަވާ]

ޝަކީއްބެ ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން ( ޝީ ) އާއި ގުޅިވަޑައިގަތީ 1988 ވަނަ އަހަރު އެވެ.ޝީގައި ޝަކީބުބެ ގެ މަސައްކަތަކީ ޞިއްހީ ރޮނގުން މީހުން ހޭލުންތެރިކުރުވުން އެވެ.