އަހިވައް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަހިވަކުގެ ޢިލްމީ ނަމަކީ މޮރިންޑާ ސިޓްރިފޯލިއާ އެވެ. އަހިވަކަށް ކިޔާ ނަންތަކުގެ ތެރޭގައި 'ގްރޭޓް މޮރިންޑާ'، 'އިންޑިއަން މަލްބެރީ'، އަދި 'ބީޗް މަލްބެރީ' ފަދަ ނަންތައް ހިމެނެއެވެ. ހިންދީ ބަހުން އަހިވަކަށް ކިޔަނީ 'އާޗް' އެވެ. މެލޭޝިޔާ ބަހުން ކިޔަނީ 'މެންގުކުޑޫ' އެވެ. އަދި ހަވާއީ ބަހުން ކިޔަނީ 'ނޮނީ' އެވެ. ޢާންމު ގޮތެއްގައި އަހިވައް ހެދެނީ ދެކުނު އޭޝިޔާގެ ގައުމުތަކުގައި ކަމަށް ވިޔަސް މިއަދު ފްރެންޗް ޕޮލީނީޝިއާ ގެ ރަށްތަކާއި ވެސްޓް އިންޑީޒް ގައި ވެސް އަހިވައް ހައްދައެވެ.

އަހިވައް އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުގައި ހެދޭ ކާއެއްޗެކެވެ. ބައެއް ގައުމު ތަކުގައި މޭވާއެއްގެ ގޮތުގައި ބެލެވިފައިވާ އެއްޗެއް ވެސް މެއެވެ. އަހިވައް ހެދެނީ ބޯ ޖަންގަލި ތަކުގައިކަން ފާހަގަ ކުރެވެއެވެ. ހަމަމިހެން އައްސޭރި ފަށުގެ ހިސާބު ތަކާއި ހޫނު ގައުމުތަކުގައި ވެސް އަހިވައް ހެދޭކަން ފާހަގަ ކުރެވެއެވެ.

އަހިވަށް ގަސް ހެދިބޮޑުވެ މޭވާ އެޅުމަށް ނަގަނީ 18 މަސް ދުވަހެވެ. މަހެއްގެ ތެރޭގައި 8-4 ކިލޯގެ އަހިވައް ދޮންވެ ފައްކާވެއެވެ. 9 މީޓަރުގެ އުސްމިނަށް ވެސް އަހިވައް ގަސް ހެދޭކަން ފާހަގަކުރެވެއެވެ. އަހިވައް ގަހުގެ ފަތަކީ ގަދަ ފެހި ކުލައަށް ހުންނަ ފަތެކެވެ. ފަތުގައި ހުންނަ ނާރުތައް ވަރަށް ރީތިކޮށް އެގެން ހުރެއެވެ.

މުޅި އަހަރުގެ ތެރޭގައި މޭވާ އަޅާކަމަށް ފާހަގަ ކުރެވޭ އަހިވައް ގަހުގެ މާ ހުންނަނީ ކުދިކުދިކޮށް ހުދުކުލައިގައެވެ. އަހިވައް ހުންނަނީ ކުކުޅު ބިސް ބައްޓަމަށެވެ. 7-4 ސެންޓިމީޓަރު އާދައިގެ އަހިވަކެއްގެ ބޮޑު މިނުގައި ހުރެއެވެ.


ބޭނުންކުރާގޮތް[އުނިއިތުރު ގެންނަވާ]

  • އަހިވައް ގަހުގެ މާ، ފަތް، ތޮށި، މޫ، އަދި އަހިވައް އަކީ ވެސް ތަފާތު ބޭނުންތަކުގައި ބައެއް ގައުމުތަކުގައި ބޭނުންކުރާ އެއްޗެކެވެ. މިގޮތުން ހުންއައުން، ލޮލާއި ހަމުގެ މައްސަލަތައް، ހިރުގަނޑާއި ކަރުގެ މައްސަލަތައް، ބަނޑު ހިކުމާއި، ބަނޑުގައި ރިހުން، އަދި ނޭވާލާ ނިޒާމްގެ މައްސަލަތަކަށް ފަރުވާކުރުމަށް މިބުނި ބައިތައް ބޭނުންކުރެއެވެ.
  • މެލޭޝިޔާގައި އަހިވައް ފަތް ހޫނުކޮށްގެން މޭމަތީގައި އަޅާއެވެ. އެއީ ކެއްސުން، އަދި މޭނުބައިކުރުން ކުޑަކުރަން ކަމަށް ބުނެވެއެވެ.
  • އިންޑޮނޭޝިޔާގައި ބޭރަށް ހިންގުން، އަދި ނޭވަޔަށް އުދަގޫކުރުން ފަދަ ބަލިތަކަށް ފަރުވާގެ ގޮތުގައި އަހިވައް ބޭނުން ކުރެއެވެ.

އަހިވައް ޖޫސް[އުނިއިތުރު ގެންނަވާ]