ކްރޮނިކް ލިޔުކީމިޔާ
ކްރޮނިކް ލިޔުކީމިޔާ(އިނގިރޭސި ބަހުން: Chronic Leukemia) ގައި ފުރާނަޔަށް ގެއްލުންވާ ހިސާބަށް ނުގޮސް ގިނަ ދުވަސްތަކެއް ހޭދަވެގެން ހިގައިދާނެއެވެ. ކްރޮނިކް ލިޔުކީމިޔާ ދެބަޔަކަށް ބަހާލެވެއެވެ. އެއީ ކްރޮނިކް ލިމްފޮސައިޓް ލިޔުކީމިޔާ (އިނގިރޭސި ބަހުން: Chronic lymphocytic leukemia)އަދި ކްރޮނިކް މައިލޮއިޑް ލިޔުކީމިޔާ(އިނގިރޭސި ބަހުން: Chronic Myeloid leukemia) އެވެ.
އަލާމާތްތައް
[އުނިއިތުރު ގެންނަވާ]- ވަރުބަލިވުން
- ބަރުދަން ލުއިވުން
- ކާހިތްކެނޑުން
- ހުންއައުން
- ހުންކޮށި ބޮޑުވުމުގެ ސަބަބުން ބަނޑުގައި ރިހުން
- ހިރުގަނޑުންނާއި ނޭފަތުން އަދި ހަށިގަނޑުގެ އެކިތަންތަނުން ލޭއައުން
ފަރުވާ
[އުނިއިތުރު ގެންނަވާ]- އޮޕަރޭޝަން ކުރުން : އޮޕަރޭޝަންކުރަނީ ހަމައެކަނި ހުންކޮށި ބޮޑުވެ، ރިހޭގޮތްވުމުން ހުންކޮށި ނެގުމަށެވެ.
- ރޭޑިއޭޝަން ދިނުން : ރޭޑިއޭޝަން ދެނީ ހުންކޮށި ބޮޑުވުމާއި ގުޅިގެން ހުންކޮށި އޮންނަ ހިސާބަށެވެ. މިކަމުގެ ސަބަބުން ހުންކޮށި ކުޑަވެއެވެ. އަދި ލޭގައި ލިޔުކީމިޔާގެ އަސަރު ހުންނަ ސެލްގެ އަދަދު މަދުވެއެވެ.
- ކީމޯތެރަޕީ ދިނުން : ކީމޯތެރަޕީ ދިނުމުން ހަށިގަނޑުގައި ހުންނަ ލިޔުކީމިޔާގެ އަލާމާތްތައް ފިލައިދެއެވެ. ބަލީގެ އަލާމާތްތައް ނުފެނި ގިނަ ދުވަސްތަކަކަށް ދެމިހުރެއެވެ. ހުންކޮށި ބޮޑުވެފައިވާނަމަ އޮޕަރޭޝަން ކުރުމުގެ ކުރިން ބައެއް ފަހަރު ކީމޯތެރަޕީ ދެވެއެވެ. މިއީ އޮޕަރޭޝަން ކުރުމަށްޓަކައި ކެންސަރުގެ އަސަރު ކުޑަކުރުމަށް ކުރާ ކަމެކެވެ
ކަށީގެ މަދު ބަދަލުކުރުން
[އުނިއިތުރު ގެންނަވާ]ކަށީގެ މަދު ބަދަލުކުރުމަކީ ލިޔުކީމިޔާ ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ ކުރުމުގައިކޮށްއުޅޭ ކަމެކެވެ. ކަށީގެ މަދުބަދަލުކުރަނީ ބަލިމީހާ އާއި ޢާއިލީ ގޮތުން ގުޅުންހުރި މީހެއްގެ ކަށީގެ މަދުން ދިޔަ ނަގައިގެން އެދިޔަ ނާރުގެ މަގުން ބަލިކުއްޖާގެ ލޭގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިފަރުވާ ދިނުމުގެ ކުރިން ބަލިކުއްޖާ ޚާއްޞަ ގޮތްތަކަކަށް ތައްޔާރުކުރަން ޖެހެއެވެ. ޑޯނަރއެއްގެ ގޮތުގައި ޚިޔާރުކުރަން އެންމެ ރަގަޅީ ބަލިކުއްޖާގެ އެއްބަނޑު އެއްބަފައި، އެއްބަފައި، ނުވަތަ އެއްބަނޑު ކުއްޖެކެވެ. ކަށީގެ މަދު ބަދަލުކުރުމުގައި ބަލިކުއްޖާގެ ލޭގެތެރެއަށް ފޮނުވާލެވޭ ދިޔައިގައި އެކުލެވޭ ސެލްތައް ގާތްގަނޑަކަށް ދެތިން ހަފްތާގެ ތެރޭގައި އެކުއްޖެއްގެ ކަށީގެ މަދާއި ހަމައަށް ދަތުރުކޮށް، އެކުއްޖަކަށް ބޭނުންވާ މިންވަރަށް ލޭގެ ރަތްސެލް، ލޭގެ ހުދުސެލް އަދި ޕްލޭޓްލެޓްސް އުފައްދަން ފަށައެވެ.
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005