Jump to content

ކޯވިޑް-19

މި ސަފްޙާ ވަނީ ސެމީ ދިފާއުކުރެވިފައެވެ
ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ކޮރޯނާ ވައިރަސް ބަލި 2019
(ކޯވިޑް-19)
ކޮވިޑް-19 އަށް މަގުފަހިވާ ސާރސް-ކޮވް-2 ގެ ޓްރާންސްމިޝަން އަދި ލައިފް-ސައިކަލް
ޚާއްޞަކަންފަތުރުވެރި ބައްޔެއް
ޢަލާމާތްތައްހުމުގެ އަސަރު، ކެއްސުން، ވަރުބަލިވުން،
ނޭވާ ކުރުވުން، ހޮޑުލުން،
ރަހަ ނުވަތަ ވަސް ގެއްލުނު؛
ބައެއް ހާލަތްތަކުގައި އަލާމާތްތައް ނުފެނެއެވެ[1][2]
ދިމާވާ ކަންތައްތައްނިއުމޯނިއާ، ސެޕްސިސް، އާރްޑީއެސް،
ކިޑްނީ ފެއިލްވުން، ނޭވާލާ ނިޒާމު ފެއިލްވުން...
އާންމުކޮށް ފެށެނީ2-14 ދުވަސް (އާންމުކޮށް 5)
އިންފެކްޝަން ޖެހުމަށްފަހު
ދިގުދެމިގެންދަނީ5 ދުވަސް
ދިމާވާ ސަބަބުސާސް-ކޯވް-2
ބަލި ދެނެގަތުންއާރްޓީ‐ޕީސީއާރު ޓެސްޓިންގ
ރައްކާވެގަތުންވެކްސިން ދިނުމާއި،
މޫނު ނިވާކުރުމާއި،
ކަރަންޓީން ކުރުމާއި،
އިޖްތިމާޢީ ދުރުހެލިވުން
މަރުވި މީހުން7,053,524 (ރިޕޯޓްކޮށްފައިވާ)[3]
18.2–33.5 މިލިއަން (އަންދާޒާކުރެވޭ)

ކޮރޯނާވައިރަސް ޑިޒީޒް 2019 (ކޮވިޑް-19) އަކީ ކޮރޯނާ ވައިރަސް ސާރސް-ކޮވް-2 ގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ފުރަތަމަ އެނގުނު ކޭހެއެއް ފެނިފައިވަނީ ސީނުކަރައިގެ ވޫހާން ސިޓީ އިން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.[4] ގިނަ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ސާސް-ކޯވް-2 ވައިރަސް އިންސާނުންގެ އާބާދީތަކަށް ވަދެފައިވަނީ ސާސް-ކޯވް-1 އަދި މާސް-ކޯވް ބަލިމަޑުކަމާ އެއްގޮތަށް، ގުދުރަތީ ޒޫނޯސިސް މެދުވެރިކޮށެވެ. އެއީ އިންސާނީ ތާރީޚުގައި ފެތުރިފައިވާ އެހެން ބަލިމަޑުކަމެވެ.[5][6] މޫސުމަށް އަންނަ ބަދަލުތަކާއި، ގުދުރަތީ މާހައުލުތައް ހަލާކުވުމާއި، ވަލު ޖަނަވާރުތަކުގެ ވިޔަފާރި ފަދަ އިޖުތިމާއީ އަދި ތިމާވެށީގެ ކަންތައްތަކުގެ ސަބަބުން މިފަދަ ޒޫނޮޓިކް ސްޕިލޯވަރެއްގެ ފުރުސަތު އިތުރުވިއެވެ.[7][8][9][10] މިބަލި ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރި، އޭގެ ނަތީޖާއެއްގެ ގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިގެން ދިޔައެވެ.

ކޮވިޑް-19 ގެ އަލާމާތްތައް ތަފާތު ނަމަވެސް ގިނަ ފަހަރަށް ހިމެނެނީ ހުމުގެ އަސަރު،[11] ވަރުބަލިވުން، ކެއްސުން، ނޭވާލާން އުނދަގޫވުން، ވަސްދުވުން، އަދި ރަހަ ގެއްލުމެވެ.[12][13][14] ބަލިޖެހިފައިވާ މީހުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ އެއްބައި މީހުންނަށް ފާހަގަކުރެވޭ އަލާމާތްތަކެއް ނުފެނެއެވެ.[15][16] ބަލިމީހުންގެ ގޮތުގައި ގިންތިކުރެވޭ ވަރަށް ފާހަގަކުރެވޭ އަލާމާތްތައް ފެންނަ މީހުންގެ ތެރެއިން ގިނަ (81%) މީހުންނަށް މަޑު އަލާމާތްތަކާއި މެދުމިނުގެ އަލާމާތްތައް (މަޑު ނިއުމޯނިއާއާ ހަމައަށް) ފެންނައިރު، %14 މީހުންނަށް ބޮޑެތި އަލާމާތްތައް (ޑިސްޕްނިއާ، ހައިޕޮކްސިއާ، ނުވަތަ އިމޭޖިންގ އިން %50 އަށްވުރެ ގިނައިން ފުއްޕާމޭ އިންވޮލްވްމަންޓް) ފެނެއެވެ ), އަދި %5 މީހުންނަށް ވަރަށް ސިއްޙަތު ދެރަވާ އަލާމާތްތައް (ނޭވާލާ ނިޒާމު ފޭލްވުން، ޝޮކް، ނުވަތަ މަލްޓިއޮގަން ޑިސްފެންޝަން) ފެނެއެވެ.[17] އުމުރުން ދުވަސްވީ މީހުންނަށް ބޮޑެތި އަލާމާތްތައް ފެނުމުގެ ނުރައްކާ ބޮޑުވެ އެވެ. ބައެއްފަހަރު ދިމާވާކަންތައްތަކުގެ ސަބަބުން ވަރަށް ގަނަ މީހުން މަރުވެއެވެ. ބައެއް މީހުންނަށް ބަލިޖެހުމަށްފަހު މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން ތަފާތު އަސަރުތަކެއް (ދިގު ​​ކޯވިޑް) ތަޖުރިބާ ކުރަމުންދާއިރު، ގުނަވަންތަކަށް ގެއްލުން ލިބިފައިވާކަން ފާހަގަކުރެވިފައިވެއެވެ.[18] ބަލީގެ ދިގުމުއްދަތަކަށް ކުރާ އަސަރުތައް އިތުރަށް ތަހުގީގު ކުރުމަށް ގިނަ އަހަރުތަކެއްގެ ދިރާސާތައް ދަނީ ކުރަމުންނެވެ.[19]

ކޮވިޑް-19 ފެތުރެނީ އިންފެކްޝަން ޕާރޓިކަލްސް ލޮލާއި ނޭފަތާއި ނުވަތަ އަނގައިން ނޭވާލާ ނުވަތަ ކޮންޓެކްޓް ވުމުންނެވެ. މި ނުރައްކާ އެންމެ ބޮޑުވަނީ މީހުން އެއްބަޔަކު އަނެއްބަޔަކާ ގާތްވެފައި ތިބޭ ވަގުތުތަކުގައެވެ. ވައިރަސް އާއި އެކު ވައިގެ ތެރޭގައި ހުންނަ ކުދިކުދި ޒައްރާތައް ވައިގެ ތެރޭގައި މަޑުކޮށް، ޚާއްސަކޮށް ގޭތެރޭގައި ދުރުދުރުން ދަތުރުކުރެވޭނެ އެވެ. އަދި ތަޣައްޔަރުވެފައިވާ ތަންތަނުގައި ނުވަތަ އެއްޗެއްގައި އަތްލުމަށް ފަހު ލޮލުގައި، ނޭފަތުގައި ނުވަތަ އަނގައިގައި އަތްލުމުން ވެސް ބަލިޖެހިދާނެ އެވެ. އިންސާނުންނަށް މިބަލި ޖެހެގެން ދިގުދެމިގެންދާނީ ގާތްގަނޑަކަށް 20 ދުވަހުއެވެ.[20]

މަސްދަރުތައް

  1. "Symptoms of Coronavirus". U.S. Centers for Disease Control and Prevention (CDC). 13 May 2020. Archived from the original on 17 June 2020. Retrieved 18 June 2020.
  2. "Q&A on coronaviruses (COVID-19)". World Health Organization (WHO). 17 April 2020. Archived from the original on 14 May 2020. Retrieved 14 May 2020.
  3. "The pandemic's true death toll". The Economist. 28 August 2023 [2 November 2021]. Retrieved 28 August 2023.
  4. Page J, Hinshaw D, McKay B (26 February 2021). "In Hunt for Covid-19 Origin, Patient Zero Points to Second Wuhan Market – The man with the first confirmed infection of the new coronavirus told the WHO team that his parents had shopped there". The Wall Street Journal. Retrieved 27 February 2021.
  5. Pekar, Jonathan (26 July 2022). "The molecular epidemiology of multiple zoonotic origins of SARS-CoV-2". Science. 377 (6609): 960–966. Bibcode:2022Sci...377..960P. doi:10.1126/science.abp8337. PMC 9348752. PMID 35881005.
  6. Jiang, Xiaowei; Wang, Ruoqi (25 August 2022). "Wildlife trade is likely the source of SARS-CoV-2". Science. 377 (6609): 925–926. Bibcode:2022Sci...377..925J. doi:10.1126/science.add8384. PMID 36007033. S2CID 251843410. Retrieved 20 November 2022.
  7. Terrestrial and Freshwater Ecosystems and Their Services. In: Climate Change 2022: Impacts, Adaptation and Vulnerability. Contribution of Working Group II to the Sixth Assessment Report of the Intergovernmental Panel on Climate Change (PDF). IPCC. 2022. pp. 233–235. Retrieved 14 March 2023.
  8. Health, Wellbeing, and the Changing Structure of Communities. In: Climate Change 2022: Impacts, Adaptation and Vulnerability. Contribution of Working Group II to the Sixth Assessment Report of the Intergovernmental Panel on Climate Change (PDF). IPCC. 2022. pp. 1067–1070. Retrieved 14 March 2023.
  9. "Climate change may have driven the emergence of SARS-CoV-2". University of Cambridge. Science of the Total Environment. 5 February 2021. Retrieved 14 March 2023.
  10. "Climate change the culprit in the COVID-19 pandemic". European Commission. Retrieved 24 March 2023.
  11. Islam MA (April 2021). "Prevalence and characteristics of fever in adult and paediatric patients with coronavirus disease 2019 (COVID-19): A systematic review and meta-analysis of 17515 patients". PLOS ONE. 16 (4): e0249788. Bibcode:2021PLoSO..1649788I. doi:10.1371/journal.pone.0249788. PMC 8023501. PMID 33822812.
  12. Saniasiaya J, Islam MA (April 2021). "Prevalence of Olfactory Dysfunction in Coronavirus Disease 2019 (COVID-19): A Meta-analysis of 27,492 Patients". The Laryngoscope. 131 (4): 865–878. doi:10.1002/lary.29286. ISSN 0023-852X. PMC 7753439. PMID 33219539.
  13. Saniasiaya J, Islam MA (November 2020). "Prevalence and Characteristics of Taste Disorders in Cases of COVID-19: A Meta-analysis of 29,349 Patients" (PDF). Otolaryngology–Head and Neck Surgery. 165 (1): 33–42. doi:10.1177/0194599820981018. PMID 33320033. S2CID 229174644.
  14. Agyeman AA, Chin KL, Landersdorfer CB, Liew D, Ofori-Asenso R (August 2020). "Smell and Taste Dysfunction in Patients With COVID-19: A Systematic Review and Meta-analysis". Mayo Clin. Proc. 95 (8): 1621–1631. doi:10.1016/j.mayocp.2020.05.030. PMC 7275152. PMID 32753137.
  15. Wang B, Andraweera P, Elliott S, Mohammed H, Lassi Z, Twigger A, Borgas C, Gunasekera S, Ladhani S, Marshall HS (March 2023). "Asymptomatic SARS-CoV-2 Infection by Age: A Global Systematic Review and Meta-analysis". The Pediatric Infectious Disease Journal. 42 (3): 232–239. doi:10.1097/INF.0000000000003791. PMC 9935239. PMID 36730054. Retrieved 15 November 2023.
  16. Oran DP, Topol EJ (January 2021). "The Proportion of SARS-CoV-2 Infections That Are Asymptomatic: A Systematic Review". Annals of Internal Medicine. 174 (5): M20-6976. doi:10.7326/M20-6976. PMC 7839426. PMID 33481642.
  17. "Interim Clinical Guidance for Management of Patients with Confirmed Coronavirus Disease (COVID-19)". U.S. Centers for Disease Control and Prevention (CDC). 6 April 2020. Archived from the original on 2 March 2020. Retrieved 19 April 2020.
  18. Davis HE, McCorkell L, Vogel JM, Topol EJ (March 2023). "Long COVID: major findings, mechanisms and recommendations". Nature Reviews. Microbiology. 21 (3): 133–146. doi:10.1038/s41579-022-00846-2. PMC 9839201. PMID 36639608.
  19. CDC (11 February 2020). "Post-COVID Conditions". U.S. Centers for Disease Control and Prevention (CDC). Retrieved 12 July 2021.
  20. "Coronavirus disease (COVID-19): How is it transmitted?". World Health Organization (WHO). Retrieved 13 April 2023.