Jump to content

ކޯރސަކޮފްސް ސިންޑްރޯމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ކޯރސަކޮފްސް ސިންޑްރޯމް (އިނގިރޭސި ބަހުން: Korsakoffs Syndrome) އަކީ ވިޓަމިން ބީ1 ނުވަތަ ތިއެމިން މަދުވުމުގެ ސަބަބުން ހަދާނުގެ ބަޔަށް ޖެހޭ ބައްޔެކެވެ. ކޯރސަކޮފް ސިންޑްރޯމް ނުވަތަ ކޯރސަކޮފް ސައިކޮސިސް، ނުވަތަ ކޯރސަކޮފް ބަލި އަކީ ވަރަށް ބޮޑަށް ކަންތައްތައް ހަދާންނެތުން މެދުވެރިކުރުވާ ނާރުތަކުގެ ބައްޔެކެވެ.

ކޯރސަކޮފް ސިންޑްރޯމް ޖެހެނީ ދިގުމުއްދަތަކަށް ބަނގުއާވި ބުއިން، ސިކުނޑިއަށް ޖެހޭ ތަފާތު ބަލިތައް، އަދި ބޮލަށް އަނިޔާއެއް ލިބުން، އަދި ވިޓަމިންބީގެ ވައްތަރެއް ކަމުގައިވާ ތިއެމިން މަދުވުމުންނެވެ. މިބަލި ޖެހިފައިވާ ތިބޭމީހުންނަށް އެމީހެއްގެ ހަޔާތުގައި ދިމާވާ ކަންތައްތައް ވަރަށް އަވަހަށް ހަދާން ނެތޭގޮތް ވެއެވެ. އެހެން ގޮތަކަށް ބުނާނަމަ މިފަދަ މީހުންނަށް އެމީހުންނަށް ދިމާވި ކަންކަން ހަދާން ބެހެއްޓެނީ ނުވަތަ ހަދާނުގައި ދެމިހުންނަނީ ކުޑަ ހިނދުކޮޅަކަށެވެ. ފާހަގަ ކުރެވޭ އަނެއް ކަމަކީ މިބަލި ޖެހިފައި ތިބޭ ބައެއް މީހުން އެމީހުންގެ ހަޔާތުގައި ދިމާނުވެސް ވާކަންތައްތަކެއްގެ ވާހަކަ ތަފްޞީލީ ގޮތެއްގައި ކިޔައިދީފާނެއެވެ. މާނައަކީ ނުވާކަމެއްގެ ވާހަކަ ހަދަހަދައިގެން ވަރަށް ތަފްޞީލްކޮށް ކިޔައިދީފާނެއެވެ.

ކޯރސަކޮފް ސިންޑްރޯމް އަކީ ސިކުނޑީގައި ހުރި ބައްޔެއްގެ ސަބަބުން ކުރިމަތިވާ ވަގުތީ ކަމަކަށް ވެސް ވެދާނެއެވެ. މާގިނައިން ބަނގުއާވި ބޭނުންކުރުމުން ، ކޯރސަކޮފް ސިންޑްރޯމް ޖެހެނީ ވާރނިކް ބަލި އާއި އެކުގައެވެ.