ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޝަހީރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޝަޚްސީ ވަނަވަރު[އުނިއިތުރު ގެންނަވާ]

ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޝަހީރު އުފަން ރަށަކީ މާޅޮސް މަޑުލު ދެކުނުބުރީ (ބ. އަތޮޅު) ގޮއިދޫއެވެ. ޢުމުރުން ވަރަށް ޒުވާން ދުވަސްވަރު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޝަހީރުގެ ޚިދުމަތުން ބޮޑު ބައެއް ހޭދަ ކުރެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގައެވެ. ކޯސްޓްގާޑުގެ ލޯންޗް ފަހަރުގެ ކެޕްޓަންކަމާއި ފަޅުވެރިއެއްގެ ގޮތުގައި ތަފާތު ގިނަ އޮޕަރޭޝަންތަކުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެލައްވާފައިވެއެވެ. މީގެތެރޭގައި ކަނޑުމަތީގައި ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކުން މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ކާމިޔާބު އޮޕަރޭޝަންތަކެއް ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޝަހީރުގެ ކެޕްޓަންކަމުގެ ދަށުން ވެސް ކުރިއަށް ގެންދަވާފައިވެއެވެ. މީގެއިތުރުން މެޑިކަލް އިވެކްއޭޝަންތަކާއި ސެކިއުރިޓީ ގިނަ އޮޕަރޭޝަންތަކެއްގައި ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޝަހީރު ޢަމަލީ ގޮތުން ހަރަކާތްތެރިވެ ލައްވާފައިވެއެވެ.

ވަޒީފާ[އުނިއިތުރު ގެންނަވާ]

ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޝަހީރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 26 ޖަނަވަރީ 1989 ގައެވެ.


އެޕޮއިންޓްމަންޓްތައް[އުނިއިތުރު ގެންނަވާ]

ކެޕްޓަން (ކޯސްޓްގާޑުގެ 20 މީޓަރުގެ ޕެޓްރޯލް ލޯންޗް ފަހަރު)

ސީނިއަރ އެންލިސްޓެޑް ލީޑަރު އޮޕް ކޯސްޓްގާޑް

ސީނިއަރ އެންލިސްޓެޑް ލީޑަރ އޮފް އެމްއެންޑީއެފް ނޮދަން އޭރިއާ

ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ސަދަން އޭރިއާ

އެމްއެންޑީއެފް އެންލިސްޓެޑް ބޯޑުގެ މެންބަރުކަން

ކޮމާންޑް ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ކޯސްޓްގާޑް


ތަޢުލީމު[އުނިއިތުރު ގެންނަވާ]

ޑިޕްލޮމާ އިން މިލިޓަރީ ސްޓަޑީޒް މެނޭޖުމަންޓް


ތަމްރީނުތައް[އުނިއިތުރު ގެންނަވާ]

އަސާސީ ތަމްރީނު

ކޯސްޓަލް ނެވިގޭޝަން ކޯސް

ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ

ޑްރިލް އިންސްޓްރެކްޓަރ ކޯސް

ޕޮލިސް މެނޭޖްމަންޓް ކޯސް

އެންސީއޯ އެޑްވާންސް ކޯސް


ސެމިނާރު / ވޯކްޝޮޕް[އުނިއިތުރު ގެންނަވާ]

ޓްރައިލެޓްރަލް ޓޭބަލް ޓޮޕް އެކްސަސައިޒް (ސްރީލަންކާ)

ސައުތު އޭޝިއާ ރީޖަނަލް އޮއިލް ސްޕިލް ރެސްޕޮންސް ވޯކްޝޮޕް (ސްރީލަންކާ)


މަސައްކަތްކުރި ޔުނިޓްތައް[އުނިއިތުރު ގެންނަވާ]

1. އެމްއެންޑީއެފް ކޯސްޓްގާޑް

2. އެމްއެންޑީއެފް ނޮދަން އޭރިއާ

3. އެމްއެންޑީއެފް ސަދަން އޭރިއާ

4. އެމްއެންޑީއެފް ކޯސްޓްގާޑް


ޝަރަފުގެ ނިޝާން[އުނިއިތުރު ގެންނަވާ]

17 ވަނަ ސާކު ސަމިޓް މެޑެލި

ސައްތައިގެ މެޑެލި

އަޚްލާޤީ މެޑެލި

ސިފައިންގެ ޚިދުމަތުގެ މެޑެލި

މިނިވަން ފަންސާހުގެ މެޑެލި

ޖުމްހޫރީ ފަންސާހުގެ މެޑެލި


އަޚްލާޤީ ކުލަ 1 ވަނަ ފަހަރަށް

އަޚްލާޤީ ކުލަ 2 ވަނަ ފަހަރަށް

އަޚްލާޤީ ކުލަ 3 ވަނަ ފަހަރަށް

ސިފައިންގެ ޚިދުމަތުގެ ކުލަ

އިޚްލާޞްތެރިކަމުގެ ކުލަ

ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ

ރައީސުލްޖުްމޫރިއްޔާގެ ކުލަ