ކޭލަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކޭލަ

ކޭލަ(ސައިންޓިފިކް ނަން: Polydactylus sexfilis)ނުވަތަ (އިނގިރޭސި ބަހުން: Sixfinger threadfin)އަކީ ރާއްޖޭގެ ތިލަފަޅުތަކުގައްޔާއި ގޮނޑުދޮށުގައި ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެކެވެ. ކޭލަ ކުޅިކުޅިއާއި ގުޅިފައި ހުންނަ މޫދުގެ ސަރަހައްދުތަކުގައި ވެސް އުޅެއެވެ. މަހުގެ ކާނާއަކީ ކަކުނި ފާނޑުގެ ސޫތްޕާއި ކުދިމަހާއި އަޑީގައި އުޅޭ ތަފާތު ބާވަތްތަކުގެ ދިރުންތަކެވެ. މަހުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ ކަންފަތްގަނޑު ހުންނަނީ ކަޅުކުލައެއްގައެވެ. މިބާވަތުގެ ކުދިމަހުގައި މަހުގެ ހުރަހަށް ހުންނަ 3 ގަޅި ހުރެއެވެ. އަދި ކަންފަތްގަނޑުނޫން އެހެން އުރަހަތަކުގައި ކަޅުކުލަ ހުރެއެވެ. މިބާވަތުގެ ކުދިމަސް ގޮނޑުދޮށުގައި މަސްހިފަންއުޅޭ ކުދިން ހިފާއުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 30 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު، 13 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު، 11 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތް ގަނޑުގައި 15 މަޑުކަށި ހުރެއެވެ. ކަންފަތްގަނޑު ކައިރީގައި ދިގުކޮށް ހުންނަ 6 ނަރުވާ ހުރެއެވެ. މަހުގެ އަނގަ ބޮޑުވެފައި ދަތް ކުއްޖެވެ. މަހުގެ ނިގޫފަތް ހުންނަނީ ވަރަށް ބޮޑަށް ކަފިކޮށެވެ. މަހުގެ ހުޅުނބުތައް ހުންނަނީ ކުދިކޮށެވެ. މަހުގެ ތުން ހުންނަނީ އޫކޮށެވެ. އަނގަ ހުންނަނީ ތުންގަނޑުގެ ދަށުގައެވެ.