ކެޔޮޅު ރޮއްވި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކެޔޮޅު ރޮއްވި

ކެޔޮޅު ރޮއްވި (ސައިންޓިފިކް ނަން: Aphareus furcatus)ނުވަތަ (އިނގިރޭސި ބަހުން: Small Toothed Jobfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ގިނައިން އުޅޭ މަހެކެވެ. ދިވެހި މަސްވެރިން ފައްތައިގެން ކުރާ ކެޔޮޅުކަމުގައި ދުވާލާއި ރޭގަނޑުގައި ވެސް މިމަސް ބޭނެއެވެ. މިއީ ދިވެހިން ކައިއުޅޭ މީރު މަހެކެވެ. މިއީ ދިގުކޮށް އިންނަ މަހެކެވެ. މަހުގެ ދަށުތުން މަތީ ތުނބަށްވުރެ ދިގެވެ. މަހުގެ އަނގައިގައި ވަރަށް ކުދިކުދި ދަތްތަކެއް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށި، އަދި 11 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކަށި، އަދި 8 މަޑުކަށި ހުރެއެވެ. ކަންފަތުގައި 16 މަޑުކަށި ހުރެއެވެ.

ކެޔޮޅު ރޮއްވި މަހުގެ ކުލައަކީ ނޫއަޅި ކުލައެވެ. ނަމަވެސް މިކުލަ ހުންނަނީ ވައިލެޓް ކުލަޔާ ވަރަށް ގާތްކުރާ ކުލައަކަށެވެ. މަހުގެ ކަރުތާފަތާއި ކަރުތާފަތުގެ ކުރީގެ ކައިރިފަށް ހުންނަނީ ކަޅުކުލައިގައެވެ. ނިގޫފަތް ހުންނަނީ އަޅި ކުލައިގައެވެ. ފަށުވިރަންކަރު މަސް އަކީ މިއާއިލާގެ މިމަހާއި ވަރަށް ވައްތަރު މަހެކެވެ. ނަމަވެސް މަހުގެ ކުލަވަރުން ވަރަށް ފަސޭހައިން މިދެމަސް ވަކިކުރެވިދާނެއެވެ.