ކޫރު ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކޫރު ފާނަ

ކޫރު ފާނަ (ސައިންޓިފިކް ނަން: Epinephelus longispinis)ނުވަތަ (އިނގިރޭސި ބަހުން: Longspine grouper)އަކީ ދިވެހި ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި، ހާހަލާއި ތިލަތިލައިގައި އުޅޭ މަހެކެވެ. ދިވެހި ކެޔޮޅުކަމުގައި މަދުމަދުން މިމަސް ބޭނެއެވެ. މިއީ ދިވެހިން ކެއުމަށް ވެސް ބޭނުންކުރާ މަހެކެވެ. މަހުގެ ކަރުތާފަތުގެ ކުރީބައި ހުންނަނީ ގާތްގަނޑަކަށް ވަށްކޮށެވެ. އަދި މިދެބައިގެ ތިރީ ކައިރިފަށް ހުންނަނީ ކަށިކޮށް ރާޅުކޮށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ކައްޓާއި، 16 ނުވަތަ 17 މަޑު ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 8 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި 17 އާއި 19 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ.

މަހުގެ ކުލައަކީ ފަނޑު މުށިކުލައެވެ. މުޅި ހަށިގަނޑުގައި ގަދަ ރަތްކުލައަކަށްދާ ތިކިތަކެއް ހުރެއެވެ. މިތިކިތައް މަހުގެ ފަަހަތުކޮޅުގައި ހުންނަނީ އެތިކިތައް ގުޅި ކޫރެއްހެން ދެމި މަހުގައި ހުރި މިސިފަޔަށް ބަލާ މިމަހަށް ކޫރު ފާނަ ކިޔާފައި ވަނީ އެވެ.