ކުރުކުރު ކައްޓަލަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކުރުކުރު ކައްޓަލަ އަކީ ކުރުކުރުވެލުގައި އަޅާ ވަކެވެ. ކުރުކުރު އަކީ ފަލަމަޑީގެ ބާވަތެކެވެ. މިއީ މަތިވައް ފަތްހެން ފަތްހުންނަ ވެލެއްގެ ގޮނޑިއެކެވެ. މީގެ ބޭރުހުންނަނީ ކަޅު މުށިކުލައެއްގައެވެ. ތޮށިގަނޑުގައި ނަރުވާތަކެއް ފަޅައިފައިހުރެއެވެ. މިވެލުގައި އަޅާ އެއްޗެއްސަށް ކިޔައި އުޅެނީ ކުރުކުރުކައްޓަލައެވެ. އެ ހުންނަނީ ކުދިކޮށެވެ.