ކުނބުރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ކުނބުރު

ކުނބުރު(ސައިންޓިފިކް ނަން: Argyreia nervosa)ނުވަތަ (އިނގިރޭސި ބަހުން: Hawaiian Baby Woodrose) އަކީ ކަޅުރަތް ކުލައިގެ ފަތިކޮށް ވައްކޮށް ހުންނައޮށެކެވެ. ކުނބުރުގެ އެތެރޭގައި އޮންނަ މަދު ބޭހަށް ބޭނުންކުރެއެވެ. ކުނބުރު އަކީ ވެލެއްގައި އަޅާ އެއްޗެކެވެ. މިވެލުގެ ފަތް ހުންނަނީ ވަށްކޮށް ގޮނިކޮށެވެ. މިފަތް ބޯވާނެއެވެ. ކުނބުރު ފުރަތަމަ ހައްދާފައިވަނީ އިންޑިޔާ އާއި ދެކުނު އޭޝިޔާގެ ގައުމުތަކުގައެވެ. ނަމަވެސް އޭގެ ފަހުން އެހެން ގައުމުތަކަށް ތަޢާރަފްވެގެން ދިޔައެވެ. އެގޮތުން ހަވާއީ، އެފްރިކާ އަދި ކެރީބިއަންގެ ގައުމުތަކަށް މިވެޔޮ ފެތުރިގެން ދިޔައެވެ. ކުނބުރުގައި އާގޮޓް އަލްކަލޮއިޑް، އަދި އާރޖިން އެކުލެވިގެން ވެއެވެ.

ކުނބުރުގައި އެކުލެވޭ އާގޮޓް އަލްކަލޮއިޑް މާބަނޑު މީހުން ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއްނޫނެވެ. ހަމަމިހެން ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހިފައިވާ މީހުންނާއި ދުވަސްވީ މީހުން ވެސް މިބޭނުންކުރުން އެދެވިގެނެއް ނުވެއެވެ.

ކުނބުރު


އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]