Jump to content

ކީރިތި ޤުރުއާން ބާވައިލެއްވި ހަތް އަކުރު.

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

أحرف އަކީ حرف ގިނަ ގޮތެވެ.

ޢަރަބި ބަހުގައި حرف ގެ މާނައަކީ އެއްޗެއްގެ ކޮޅު ނުވަތަ އަރިމަތި ނުވަތަ މިޔައެވެ.

ޢުލޫމުލް ޤުރުއާނުގައި الأحرف السبعة ގެ މާނައާއި މެދު ތަފާތު 40 ހަކަށް ރައުޔު ވާ ކަމުގައި السيوطي ވިދާޅުވެއެވެ. އިމާމު قرطبي އެކަލޭގެފާނުގެ ތަފުސީރުގައި ވިދާޅުވަނީ؛ الأحرف السبعة ގެ މާނައާއި މެދު 35 ރައުޔުވާކަމުގައެވެ. ނަމަވެސް ހުރިހާ ޢިލްމުވެރިން އެއްބަސްވެލައްވާ ތަޢުރީފެއް ނެތްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

މިގޮތުން ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ މާނަތަކުގެތެރޭގައި؛ އެއީ " އޭގެމާނައިގައި އެއްގޮތް ނަމަވެސް، ކަލިމަ ތަފާތުވެފައިވުމެވެ." سفيان بن عيينة އާއި الطبري އާއި الطحاوي އާއި عبدالله بن وهبއާއި އަދިވެސް އެހެން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ " އޭގެމާނަ އެއްގޮތް ނުވަތަ މާނަ ކައިރި ކުރާ ތަފާތު ހަތްގޮތްކަމުގައެވެ." މިސާލަކަށް: "كلّماأضاء لهم مشوفيه " އަށް " كلما أضاء لهم سعوفيه " މިފަދައިންވެސް ކިއެއެވެ. منّاع القطّان ވިދާޅުވާ ގޮތުގައި އެންމެ ގިނަ ޢިލްމުވެރިން ވިދާޅުވަނީ الأحرف السبعة އަކީ ޢަރަބީންގެ ތެރޭގައި ވާހަކަ ދައްކާއުޅޭ، އެއިން އެއްމާނައެއްދޭހަވާ ހަތް ބަހުރުވަކަމުގައެވެ.

މި ހަތް ބަހުރުވައާއި މެދު ވެސް ތަފާތު ގޮތްގޮތަށް ބުނެވެއެވެ. ބުނެވޭ ގޮތުގައި އެއީ؛ قريش، هذيل، تميم، هوازن، كنانة، ثقيف، اليمن މި ހަތްޤަބީލާގެ ހަތްބަހުރުވައެވެ. ނަމަވެސް أبو حاتم السجستاني ވިދާޅުވާ ގޮތުގައި އެއީ قريش، هذيل، تميم، هوازن، الازد، ربيعة، سعد بن بكر މި ހަތް ޤަބީލާގެ ހަތް ބަހުރުވައެވެ. މީގެ އިތުރުން އެއީ؛ قريش، هذيل، تميم، كنانة، ضبة، قيس، أسد، މިހަތް ޤަބީލާގެ ހަތް ބަހުރުވަ ކަމުގައިވެސް ބުނެވެއެވެ.

ހަމަ އެއާއި އެކު އެއީ ހަމައެކަނި مضر ޤަބީލާގެ ހަތްބަހުރުވަ ކަމުގައިވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެއީ عثمان (رضي الله عنه) ގެ މިބަސްފުޅަށް ނިސްބަތްކޮށެވެ. އެކަލޭގެފާނު ވިދާޅުވެފައިވާ ކަމަށް ރިވާވެގެން ވެއެވެ. " نزل القران بلغة مضر"

އިސްވެ ދިޔަ ތަޢުރީފުތަކުން އެނގެނީ الأحرف السبعة އަކީ، ކީރިތި ޤުރުއާން ކިޔެވޭ ތަފާތު ހަތްގޮތް ނުވަތަ ހަތް އަކުރުކަމެވެ. (ނަމަވެސް މިއީ އަދި ޤިރާއަތް ތަކެއްނޫނެވެ.) އަދި ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަންނަނިވި ދެޙަދީޘުން ދަލީލުކޮށްދެނީ އެއީ މާތްﷲ ގެ ޙަޟުރަތުން ބާވައިލެއްވުނު ހަތް ގޮތް ކަމުގައެވެ. މިއިން އެމީހަކަށް ފަސޭހަ ގޮތަކަށް ކިޔެވުމަކުން މައްސަލައެއްނެތެވެ.

މާތްﷲ އެދެބަފައިކަލުންނަށް ރުއްސުއްލެއްވި އިބުނު ޢައްބާސު، ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. أنّ رسول الله صلى الله عليه وسلم قال: " أقرأني جبريل على حرف، فراجعته، فلم ازل أستزيده ويزيدني، حتّى إنتهى إلى سبعة أحرف". ( صحيح البخارى 3219 , 4991 ) " ހަމަކަށަވަރުން ކީރިތި ރަސޫލާ ޙަދީޘުކުރެއްވިއެވެ. " ޖިބުރީލު ޢަލައިހިއްސަލާމު ތިމަންކަލޭގެފާނަށް ކިޔަވާ ވިދާޅުވުމަށް ދަސްކޮށްދެއްވަނީ އެއްޙަރުފަށެވެ. (އެބަހީ؛ އެއްގޮތަށެވެ.) ފަހެ ތިމަންކަލޭގެފާނު އެގޮތަށް ޤުރުއާންކިޔަވާ ވިދަޅުވާން ދަސްކުރައްވަމެވެ. އެއަށްފަހު ޤުރުއާން ކިޔަވާވިދާޅުވެވޭނެ އިތުރުގޮތްތައް އުނގަންނަވައިދެއްވުމަށް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަމެވެ. ދެން ޖިބުރީލު އަލައިހިއްސަލާމު އިތުރުގޮތެއް ދަސްކޮށްދެއްވައެވެ. އެގޮތުގެ މަތިން، ހަތް ޙަރުފަށް ( އެބަހީ؛ ހަތް ގޮތަށް) ޤުރުއާން ކިޔަވާވިދާޅުވާން ދަސްކޮަށްދެއްވިއެވެ."

އަދިވެސް عمر بن الخطاب ގެ އަރިހުން ބުޚާރީ ރިވާ ކުރައްވާ ފައިވާ ޙަދީޘެއްގައި ވެއެވެ. " سمعت هشام بن حكيم يقرأ سورة الفرقان في حياة رسول الله صلى الله عليه وسلم، فاستمعت لقراءته، فإذا هو يقرأ على حروف كثيرة لم يقرئنيها رسول الله صلى الله عليه وسلم، فكدت أساوره في الصلاة، فتصبرت حتى سلم، فلببته بردائه فقلت: من أقرأك هذه السورة التي سمعتك تقرأ؟ قال: أقرأنيها رسول الله صلى الله عليه وسلم، فقلت: كذبت، فإن رسول الله صلى الله عليه وسلم قد أقرأنيها على غير ما قرأت، فانطلقت به أقوده إلى رسول الله صلى الله عليه وسلم، فقلت: إني سمعت هذا يقرأ بسورة الفرقان على حروف لم تقرئنيها، فقال رسول الله صلى الله عليه وسلم: "أرسله، اقرأ يا هشام". فقرأ عليه القراءة التي سمعته يقرأ، فقال رسول الله صلى الله عليه وسلم: " كذلك أنزلت". ثم قال: " اقرأ يا عمر". فقرأت القراءة التي أقرأني، فقال رسول الله صلى الله عليه وسلم: " كذلك أنزلت، إن هذا القرآن أنزل على سبعة أحرف، فاقرؤوا ما تيسر منها ". ( صحيح البخارى 2419 , 4992 )

ނަމަވެސް މިގޮތުން ތަފާތު ވެފައިވަނީ ބައެއް ކަލިމަތަކެވެ. މުޅިޤުރުއާން އެކުގައެއް ނޫނެވެ. މިގޮތުން މިފަދަ ބައެއް ކަލިމަތަކަށް ބަލާލާއިރު ؛

عبدالله بن مسعود ގެ ރިވާޔަތުގައި أنظرونا އަށް أخّرونا ނުވަތަ أمهِلونا ކިޔެއެވެ.

أبيّ بن كعب ގެ ރިވާޔަތުގައި مشَوفِيه އަށް مرّو فيه ނުވަތަ سَعَوْ فيه ކިޔެއެވެ.

أنس بن مالك ގެ ޤިރާއަތުގައި وأقوَمُ قِيلا އަށް وأصْوَبُ قيلا ކިޔަވައެވެ.

އެއްދުވަހަކު އެކަލޭގެފާނު (أنس بن مالك)މިގޮތަށް ކިޔަވާ ވިދާޅުވި އަޑު އިވިގެން ބަޔަކު އެކަލޭގެފާނަށް ދެންނެވިއެވެ. އޭ އަބާ ޙަމްޒާއެވެ. އެއީ وأقوم قيلا އެއް ނޫންހެއްޔެވެ؟ ދެން އެކަލޭގެފާނު ވިދާޅުވިއެވެ." أقْوَم، أصْوَب، أهْيَأ ، މިއީ ހުސް އެއްމާނައެއް އެކުލެވޭ ކަލިމަތަކެކެވެ." އިބުނުއް ޠައްޔިބު އަލްބާޤިލާނީ ވިދާޅުވަނީ ޤުރުއާނު ކިޔަވާ ތަފާތުގޮތްތަކަށް ބަލާ ވިސްނާއިރު 7 ގޮތެއް ފެނެއެވެ.

1- އެއީ ހަމައެކަނި ފިލި ތަފާތުވެފައި މާނަ ތަފާތުނުވުން؛ މިސާލަކަށް " هُنَّ أَطْهَرُ لَكُمْ ..." وأطْهَرَ " (الهود -٧٨ )

2- ބޭރުފުށުން އެއްގޮތް ނަމަވެސް އިޢުރާބުކުރުމުގައި މާނަ ތަފާތުވެފައިވުން. "ربّنا باعِدُ " " ربّنا باعَدَ"

3- އަދިމާނައަށް ބަދަލެއްނައިސް އަކުރުތަފާތުވުން؛ " ننشزها ؛ ننشرها "

4- ބޭރުފުށުން ތަފާތު ވެފައި އެހެނަސް މާނަ އެއްގޮތްވުން. " كالعهن المنفوش ؛ وكالصوف المنفوش"

5- ބޭރުފުށުން ތަފާތުވެފައި މާނައިގައިވެސް ތަފާތުވުން. " وطلحٍ منضود ؛ وطلعٍ منضود"

6- އިސްފަސްވުން. " وجاءت سكرة الموت بالحق ؛ وجاءت سكرة الحق بالموت"

7- އުނިވެ އިތުރު ވުން. " وأماالغلام فكان أبواه مؤمنين ؛ وأماالغلام فكان كافر وكان أبواه مؤمنين "

"وأعدّ لهم جنت تجري من تحتها الأنهار" : "وأعدّ لهم جنت تجري تحتها الأنهار"

މީގެއިތުރުން الأحرف السبعةއަކީ ކީރިތި ޤުރުއާނުގެ ހަތްމާނައެއް ( ހަތްނަމެއް) ކަމުގައިވެސް ބުނެވެއެވެ. އެއީ؛ أمر( އަމުރު)، نهى(ނަހީ)، وعد(ވަޢުދު)، وعيد (ވަޢީދު) ، قصص(ވާހަކަ)، مجادلة(ޖަދަލު)، أمثال (މިސާލު)، މިހަތް މާނައެވެ. އިބުނު ޢަޠިއްޔާ ވިދާޅުވަނީ މިއީ ޟަޢީފު ރައުޔެއްކަމުގައެވެ. އެހެނީ މިއަށް އަޙުރުފުއް ސަބުޢާއެކޭ ނުކިޔާނެކަމަށެވެ.

މިމައުޞޫޢައް މަޢުލޫމާތު ލިބޭނެ ބައެއް ފޮތްތަކުގެ ތެރޭގައި؛

مباحث في علوم القرآن ( الطبعة الثانية 14417 ) - منّاع القطان

الأحرف السبعة ومنزلة القراءآت منها ( الطبعة الأولى 1409) - الدكتور حسن ضياء عتر

مَدخَلُ الدّراسات القرآنية ( الطبعة الأولى 1430) - الدكتور السائح على حسين

مناهل العرفان في علوم القرآن (الطبعة الأولى 1424) – الشيخ محمد عبد العظيم الزُّرقاني