ކީރިތި ރަސޫލާގެ ޝަޚުޞިއްޔަތު

ވިކިޕީޑިއާ އިންވިކިޕީޑިއާ

މިއަދަކީ މުޅި ދުނިޔޭ ގެ ތަފާތު ކަންކޮޅުތަކުގައި ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރެވެމުން އަންނަ ދުވަހެއް.. ރަބީޢުލްއައްވަލުމަހުގެ 12 ވަނަ ދުވަސް. ކީރިތި ރަސޫލާގެ ޢީދު މީލާދު ދުވަސް. މިޖަލްސާއަކީ އެގޮތުން މިސްކޫލުގައި ބޭއްވޭ ޚާއްޞަ ޖަލްސާ .. އަދި މިރޮނގުން ރަސޫލާގެ ޛިކުރާ އާކުރުމުގެ ގޮތުން ދީނީ ދަލީލުތަކާ ދީނީ ފަލްސަފާގެމައްޗަށްބިނާކޮށް މިހާތަނަށް މިބަހުންނާއި އެބަހުން ތަފާތު ބަހުރުވައިން ވަނީ ވާހަކަދައްކާފަ.. އަޅުގަނޑުވެސް ހަމަ ރަސޫލާގެ ޛިކުރާ އާ ކުރުމަށް ކޮންމެވެސް އެއްޗެއް ދަންނަވާލެވޭތޯބަލާނަން. އާދެ!ކުރިން ވަހަކަ ދެއްކި ކުދިންފާހަގަކުރިފަދައިން ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރީގައިވެސް މުޙައްމަދުގެފާނަކީ ތެދުވެރިކަމަށް އަރާހުންނެވި ބޭފުޅެއްެ. އެކަލޭގެފާނުގެ ތެދުވެރިކަން މުޝްރިކުންވެސް ޤަބޫލުކުރެެ. މިކަން އެމީހުންގެ ވާހަކަ ތަކުންނާއި، ޢަމަލުތަކުން ކަށަވަރުވެ. އެހެން ނަމަވެސް އެބައިމީހުންގެ ހިތުގައިވާ ކުފުރުގެ ބަލިމަޑުކަމުގެ ދާނުގައި ނިދާފައި ތިބީ . އަދިކިއެއްތަ؟ އެމީހުންގެ އިލާހުތަކުގެ ޙައްޤުގައި އެކަލޭގެފާނަކީ ދޮގުވެރި ، މަކަރުވެރި ސިހުރުވެރިއެއް ކަމަށް ހެދީ. އެކަލޭގެފާނުގެ ރިސާލަތު ތަބުލީޣު ކުރެއްވުމަށް ނުކުރައްވާ އެއްވެސް ކަމެއްނެތް. ބުރަހުރި ވޭން ތަޙައްމަލުކުރެއްވި . މަލާމާތް ރައްދުވި. އެކަމަކުވެސް އެކަލޭގެފާނު ޘާބިތުކަމާއި އެކު އިސްލާމީ ރިސާލަތު ފެތުރުއްވުމަށްޓަކައި ޢަރަބި ކަރާގައި ދަތުރުކުރެއްވި. އަދި އެކަރައިން ބޭރުގައި ހިރަޤުލާއި، ނަޖާޝީ އަދި ކިސްރާ ފަދަ ބޭފުޅުންނަށް އިސްލާމްދީނަށް ގޮވައިލެއްވި. އާދެ! މީހަކު މަތި ބަލައިލައިފި ނަމަ އޭނާގެ ނަޒަރު ފޯރާ ހުރިހާ ހިސާބެއްގެ އުޑު ފެތުރިފައިވަނިކޮށް ފެންނަ ފަދައިން އިންސާނީ ޙަޔާތާއި މެދު ވިސްނާލައިފި ކޮންމެ ދިމާއަކުން އިސްލާމްދީނުގެ ނަބިއްޔާގެ އަސަރުތައް ފާޅުކަން ބޮޑު ގޮތެއްގައި އޭގެ ދައުރު ފުރިހަމަކުރަމުން ގެންދާތަން ފެންނެާނެ. މިއަދު އެކަންކަމަށް އަހަންމިއްޔަތު ދެވޭ ހުރިހާ ރަނގަޅު އަގުތަކަކާއި ހުރިހާ މަތިވެރި ކާމިޔާބީތަކަކީ އެކަލޭގެފާނު ދުނިޔެއަށް ގެންނެވި އިންޤިލާބުގެ ސީދާ ނުވަތަ ނުސީދާ ނަތީޖާ އާދެ! ދީނީ އިދާރާތަކުގައި ޝަޚުޞިއްޔަތަށް އަޅުކަންކުރުމުގެ ބަދަލުގައި ކަލާނގެ ކިބަފުޅަށް އަޅުކަންކުރަންފެށީ ކާކުތޯ؟ ޢަޤީދާތަކަށް ވަހުމުތަކުގެ ބަދަލުގައި ޙައްޤުގެ ބިންގަލެއް ހޯދައިދިނީ ކާކުތޯ؟ ސައިންސްގެ ދުނިޔޭގައި ފިޠުރަތަށް އަޅުކަންކުރުމުގެ ބަދަލުގައި ފިޠުރަތުގެ މައްޗަށް ފަތަޙަ ހޯއްދެވުމުގެ ފިލާވަޅު ދިނީ ކާކުތޯ؟ ސިޔާސަތުގެ މައިދާނުގައި ނަސްލީ ޝަހެންޝާހިއްޔަތުގެ ބަދަލުގައި ރައްޔިތުންގެ ސަރުކާރުތައް އުފެއްދުމުގެ މަގު ދެއްކެވީ ކާކުތޯ؟ ޢިލްމީ ދުނިޔޭގައި ހީގެ މައްޗަށް ބިނާކޮށް ޚިޔާލުތަކެއް ފާޅުކުރުމުގެ ބަދަލުގައި ޙަޤީޤަތް ބަޔާންކުރަންފެށީ ކާކުތޯ؟ މުޖުތަމަޢުތައް އިންތިޒާމުކުރުމަށް އަނިޔާގެ ބަދަލުގައި ޢަދުލު ގެ ބިންގާތަކެއް ހޯދައިދިނީ ކާކުތޯއެވެ؟ މި ހުރިހާ ސުވާލުތަކުގެ ޖަވާބަކީ މި ހުރިހާކަމެއް އިންސާނުންނަށް ލިބުނީ އިސްލާމްދީނުގެ ނަބިއްޔާގެ ފަރާތްޕުޅުންކަމުގައި ބުނުން.. އެކަލޭގެފާނު ފިޔަވައި މި މަސައްކަތްތައް އެފަރާތަކަށް ނިސްބަތް ކުރެވޭނެ އެއްވެސް ފަރާތެއްނެތް.. ދެންތިބި އެންމެންނަކީ ވެސް އެކަލޭގެފާނު ގެންނެވި އިންގިލާބުގެ ފައިދާ ލިބިގަންނަން ތިބިމީހުން !!!!

ދެން މި ހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ބިނާކުރާނީ ، ދުނިޔޭގެ ތަފާތު ވިސްނުންތެރިން ، ކީރިތި ރަސޫލާއާމެދު އަދި ރަސޫލާކުރެއްވި ބުރަ އަދި އަގުހުރި މަސައްކަތްތަކާމެދު ދެކެވަޑައިގެން ހާމަކުރައްވާފައިވާ ބައެއް ވާހަކަތަކުގެމައްޗަށް. އޭގެތެރޭގައި އިސްލާމްދީނުގެ އެންމެ ޢަދާވާތްތެރިންކަމުގައި ހިމެނޭ ނަޞާރާއިން ރަސޫލާއާއި މެދުގައި ހާމަކޮށްފައިވާ ވާހަކަތައްވެސް ހިމެނެ! އާދެ! ކީރިތި ރަސޫލާގެ ރިވެތި އަޚުލާޤީ ސިފަތަކަށް އެއްބަސްވަނީކީ ހަމައެކަނި މުސްލިމުންނެއް ނޫން. އެންމެހައި މީސްތަކުން މިކަމަށް ހެކިވޭ. މަޝްހޫރު ފިލޯސަފަރ ގޮސްޓާފް ލޯބަރ ވިދާޅުވެފައިވޭ. " އިންސާނީ ތާރީޚުގައި ކީރިތި ރަސޫލާއަށްވުރެ ޢަދުލުވެރި، އޯގާވެރި، ތެދުވެރި ބޭފުޅެއް އަހަރެން ނުދަންނަމެވެ." އަދި ކީރިތި ރަސޫލާގެ ޒަމާނުގައިވެސް ކާފަރުންނާއި މުޝްރިކުން އެކަލޭގެފާނުގެ ތެދުވެރިކަމަށް ހެކިވެފައި އެބަހުރި. އަބޫސުފިޔާނު އިސްލާމްވުމުގެ ކުރިން ޤުރުއާނުން ތަންކޮޅެއް އަޑުއަހަފައި ބުންނި. " މާތް ﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނަކީ ސިހުރުވެރިއެއް އަދި ދޮގުވެރިއެއްވެސް ނޫނެވެ." މަހާތުމާގާނދީން ކީރިތި ރަސޫލާއާއިބެހޭގޮތުން ވިދާޅުވެފައިވޭ " ކެކުޅުންހުރި ވޭންތަކާއި ޢަޛާބާއި ކުރިމަތިލައްވަން މުޙައްމަދުގެފާނަށް ޖެހިވަޑައިގަތެވެ. ނަމަވެސް އޭނާގެ ހިތްވަރުފުޅު މަތިވެރިއެވެ. މާތްރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އޭނާ ބިރުވެތިވެ ވަޑައެއް ނުގަންނަވައެވެ. އެއްވެސް އިންސާނަކު ދެކެ ބިރުފުޅުގެން ވަޑައެއް ނުގަންނަވައެވެ. މުއްސަނދިކަމާއި ޖާހު ލިބެން އޮއްވާ މި މަތިވެރި ނަބިއްޔާ އޭނާގެ ޙަޔާތް ހޭދަކުރެއްވީ ދުނިޔަވީ އަރާމުތަކާ ދުރުގައެވެ. މި ޢިއްޒަތްތެރިޔާގެ ތާރީޚު ކިޔަމުންދިޔައިރު އަހަރެންގެ ލޮލުން ކަރުނަ އޮހުނެވެ. ފަހެ ޙަޤީޤަތާމެދު ބަޙުޘްކުރާ ކޮންމެ މީހަކަށް މިފަދަ މަތިވެރި ޝަޚުޞިއްޔަތެއްގެ ކުރިމަތީގައި ޖެހޭނީ އިސްޖަހާށެވެ! އެކަލޭގެފާނުގެ ހުރިހާ މަސައްކަތެއްމެ ވަނީ އިންސާނިއްޔަތުގެ ލާބައަށްޓަކައެވެ.

ފަރަންސޭސި ވިލާތުގެ ޢިލްމުވެރިއެއް   މާތް ނަބިއްޔާއާ ބެހޭގޮތުން ވިދާޅުވެފައިވޭ. " މުޙައްމަދުގެފާނަކީ ފިލޯސަފަރެކެވެ. ރަސޫލެކެވެ. މޮޅު މުޤައްރިރެކެވެ. އަދި މޮޅު ޚަޠީބެކެެވެ. އިންސާނުންނަށް ހެޔޮ މަގު ދެއްކެވި ބޭކަލެކެވެ. ބުއްދި އަރާރުންވުމެއްނެތް ޢަޤީދާއެއް ފެތުރުއްވި ބޭކަލެކެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި އެކަލޭގެފާނަކީ ދީނެއްގެ މުއްސިސެކެވެ. އެކަލޭގެފާނަށް ލިބި ވަޑައިގެންފައިވާފަދަ މަތިވެރިކަމެއް އެހެން އެއްވެސް އިންސާނަކަށް ލިބިފައެއްނެތެވެ. އެކަލޭގެފާނު މަތިވެރިވެފައިވާ  އިންސާނީ މަތިވެރި ދަރަޖައަށް ދެވޭނީ ދެވަނަ އެހެން ކާކަށްތޯ އެވެ.؟ 

އެމެރިކާގައި 1978 ވަނަ އަހަރު ޝާއިޢު ކުރެވުނު " ދި ހަންޑްރެޑް " ކިޔާފޮތުގައި އެ ފޮތުގެ މުޞައްނިފު ކުރިސްޓިއަނެއްކަމުގައިވާ ސައިންޓިސްޓް މައިކަލް އެޗް ހާރޓް ލިޔުއްވާފައިވެއެވެ. " ތާރީޚުގައި ދީނީގޮތުންނާއި، ދުނިޔެވީ ގޮތުން ބެލިކަމުގައިވިޔަސް އިންތިހާ ދަރަޖައިގެ ކާމިޔާބީއެއް ލިބިވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ މުޙައްމަދުގެފާނެވެ." މިބަހުން ދަލީލު ކޮށްދޭ ގޮތުގައި ހަމަބުއްދި ލިބިހުރި ކޮންމެ މީހަކަށް ކީރިތި ރަސޫލާގެ ރިސާލަތުގެ ތެދުކަން އެގެއެވެ. އެހެންނަމަވެސް އެކަން ޤަބޫލުކުރަން ބޭނުން ނުވަނީ އެވެ. މައިކަލް އެޗް ހާރޓް މި ފޮތާމެދު އިތުރު ބައެެއް މަޢުލޫމަތު ދަންނަވާލާނަން! އާދެ! މިފޮތަކީ ދުނިޔޭގެ އިންސާނީ ތާރީޚުގެ އެންމެ އަރާހުރި ސަތޭކަ ޝަޚުޞިއްޔަތުގެމައްޗަށް ތައްޔާރުކޮށްފައިވާ ފޮތެއް! އެބައިމީހުންގެ ޙަޔާތާއި ބެހޭގޮތުންނާއި އެމީހުންގެ މަސައްކަތްތަކާއި އެމަސައްކަތްތަކުގެ ނަތީޖާއާއި ބެހޭގޮތުން އަލި އަޅުވާލައްވާފައިވާފޮތެއް! މިފޮތުގައި މުޞައްނިފު ހިމަނުއްވާފައިވަނީ ޔޫރަޕުގެ 71 މީހުންނާއި، އެމެރިކާއިން 7 މީހުންނާއި ، ސައުތު އެމެރިކާއިން އެކަކު .. އެފުރިކާއިން ތިންމީހުން ނާއި އޭސިޔާއިން 18 މީހުން އެމީހުންގެ މަސައްކަތުގެ ގޮތުން ހިމެނެނީ 37 ސައިންސިސްޓުންނާއި އައު އުފެއްދުންތެރިންނާއި 30 ސިޔާސީ އަދި އަސްކަރީ ލީޑަރުން،ނާއި 14 ސިކިއުލަރ ފިލޯސަފަރުން ނާއި 11 ދީނީ ލީޑަރުންނާއި 6 އާޓިސްޓުން .. މިފޮތަށް މީހުން ހޮވާފައިވާ އިންޞާފުވެރިގޮތާއި އިސްކަންދެއްވާ ތަރުތީބުކުރައްފަވައިވާ ގޮތުގެ ފުރިހަމަކަމަށް ދުނިޔޭގެ ބޮޑެތި މީޑިޔާތަކާއި، ޔޫރަޕުގެ ބޮޑެތި ބޮޑެތި މަޖައްލަތަކާއި ނޫސްތައްވެސް ވަނީ އެއްބަސްވެފަ . އަދި އެފޮތަކީ މިޒަމާނުގައި ލިޔެވުނު އެންމެ މޮޅުފޮތްކަމުގައި ވަނީ ކަނޑައަޅާފައި. ފޮތުގެ މުޞައްނިފަކީ ކުރިސްޓިޔަނަކަށްވީއިރި މަސީޙަށް ނުވަތަ ޢީސާގެފާނަށްް އެފޮތުގައި ލިބިފައިވަނީ 3 ވަނަ .. މައިކަލް އެޗް ހާޓް އަކީ އެމެރިކާމީހަކަށްވީއިރު އެމެރިކާގެ ނަންހުރި މަޝްހޫރު ރައީސެއްކަމުގައިވާ އެބުރަހަން ލިންކަންއަށްވެސް އޭނާގެ ފޮތުން ޖާގަ ނުދެއްވާކަމުން އެފޮތުގައި ގެންގުޅުއްވާފައިވާ އުޞޫލުގެ ފުރިހަމަކަން ހާމަވާ ހެއްކަކަށް ފުދެ!

އަހަރެމެންގެ ރަސޫލާ އޭނާގެ ފޮތުގެ އިންސާނީ ތާރީޚުގެ އެންމެ އަރާހުންނެވި ޝަޚުޞިއްޔަތެއްގެކަމުގައިހޮއްވެވި ސަބަބު ބަޔާންކުރައްވަމުންލިޔުއްވާފައިވޭ! ތާރީޚު ދެކެފައިވާ އެންެމެ މަތިވެރި ޝަޚުޞިއްޔަތެއްގެ ގޮތުން މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އިންތިޚާބުކުރުމަކީ ބައެއް ކިޔުންތެރިން އަޖައިބުވާނެކަމެއްކަންނޭގެއެވެ. ބައެއްމީހުން އެކަމާ ދެކޮޅު ހަދާނެ ކަންވެސްނޭނގެއެވެ. ނަމަވެސް ހަޤީޤަތަކީ މުޅި އިންސާނީ ތާރީޚުގައި ވެސް އެކަލޭގެފާނަކީ ދީނީގޮތުންނާއި ދުނިޔެވީ ގޮތުން މިސާލެއްނެތް ފަދަ ކާމިޔާބެއް ހޯއްދެވި އެކަނި ޝަޚުޞިއްޔަތެވެ.    

އަދިވެސް މުޞައްނިފު ބަޔާންކުރައްވާ! އެކަލޭގެފާނު އާދައިގެ އާއިލާއަކުން ވަޑައިގެން ދުނިޔޭގެ ވަރަށްބޮޑު ދީނެއްގެ ބިންގާއެޅުއްވި. އެދީން ފަތުރުއްވައި ދީނުގެ ދާއިރާ ތަނަވަސްކުރެއްވި. ހަމައެއާއި އެކު ސިޔާސަތުގައި ވެސް ބާރު ހުރި ޤިޔާދަތެއް ހޯއްދަވައިދެއްވި. ނަތީޖާއެއްގެ ގޮތުން ސާދަ ސަތޭކަ އަހަރު ފާއިވެދިޔައިރުވެސް އެކަލޭގެފާނުންގެ އަސަރު އޭގެ ފުރިހަމަ ބާރާއި ހަލުއިކަމާއި އެކު ދަނީ ފެތުރެމުން. މަސީޙަށްވުރެ ނުވަތަ ޢީސާގެފާނަށްވުރެ މަތީމަޤާމެއް މުޙައްމަދުގެފާނަށް ދެއްވި މުހިންމު ދެ ސަބަބެއް މައިކަލް އެޗްހާޓް އޭނާގެ ފޮތުގައި ހާމަކުރައްވަ! އެއް ސަބަބަކީ މުހައްމަދުގެފާނު އިސްލާމްދީން ފަތުރުއްވާ ތަރައްޤީ ކުރެއްވުމަށްކުރެއްވި މަސައްކަތް ގިނަވެފައި ފުރިހަމަވުންކަން. އަދި އިސްލާމްދީނުގެ ތަޞައްވުރެއް ކަނޑައަޅުއްވާ އަދި އެދީނަށް ޢަމަލީ ސިފަގެންނެވާ ހިންގާލެއްވީ ޚުދު މުޙައްމަދުގެފާނުކަމުގައި!

ދެވަނަ ސަބަބަކީ މުޙައްމަދުގެފާނަކީ ދީނީ ގޮތުން މަގު ދައްކަވާ ބޭކަލަކަށްވެ ވަޑައިގެންނެވުމުގެ އިތުރުން އެކަލޭގެފާނަކީ ދުނިޔަވީ ލީޑަރެއް. އަދިކިއެއްތޯއެވެ؟ ޢަރަބީންގެ ފުތޫޙާތުގެ ފަހަތުގައިވާ އަޞްލު ޖަޒުބާގެ މުޙައްރިކެއްގެ ޙައިޘިއްޔަތުން  ދީނީ ލީޑަރ ޝިޕާއި އެކު އެކުގައި ދުނިޔޭގެ އެންމެ އަރާހުންނެވި  ސިޔާސީ ލީޑަރ ކަމުގައިވެސް އެކަލޭގެފާނުވަނީ ހިމެނި ވަޑައިގެން. 

އަދިވެސް މުޞައްނިފު މައިކަލް އެޗް ހާޓް ލިޔުއްވާފައިވޭ. ދީނާއި ދުނިޔޭގެ މި މިސާލެއްނުވާ ފަދަ އެއްވުން އަދި އޭގެ ނަތީޖާ އާއި އަސަރަކީ އަޅުގަނޑުގެ ފޮތުގައި މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަށް އިންސާނީ ތާރީޚުގެ އެންމެ އަރާ ހުންނެވި ޝަޚުޞިއްޔަތެއްގެ ގޮތުން ޖާގައެރުވި ސަބަބެވެ.