ކިރިބަތީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކިރިބާސް، ރަސްމީ ނަމުންނަމަ ކިރިބާސްގެ ޖުމުހޫރިއްޔާ އަކީ ޕެސިފިކް ކަނޑުގެ މެދުތެރޭގައި އުފެދިފައި އޮތް ޖަޒީރާ ގައުމެކެވެ. 32 އަތޮޅުގެ މައްޗަށް އެކުލެވިގެން ވާ މި ރާއްޖޭގެ ސަރަހައްދުގައި 3.5 މިލިއަން އަކަ ކޮލޯމީޓަރު ހުރެއެވެ. ހައްތުއިސްތިވާ މަތީގައި އުފެދިފައި އޮތް މި ގައުމުގެ އިރުމަތީ ފަޅި އޮތީ ބައިންލައަގުވާމީ ވަގުތު ރޮނގުގައެވެ. ކިރިބާސް އިނގިރޭސިންގެ ފަރާތުން މިނިވަން ވީ 1979 ގައެވެ. މިއީ ކޮމަންވެލްތާއި، އައި އެމް އެފާއި، ވާލްޑް ބޭންކްގެ މެންބަރު ގައުމެކެވެ. އދ ގެ ފުރިހަމަ މެންބަރަކަށް ކިރިބާސް ވީ 1999 ގައެވެ.

ނަން[އުނިއިތުރު ގެންނަވާ]

ކިރިބާސް އަކީ ގިލްބަރޓްސް ރަށްތަކުގެ ބައެކެވެ. މި ރަށްތަކަށް ނަންދެވިފައި ވަނީ އެ ރަށްތައް ފުރަތަމަ ދަތުރުކުރި އިނގިރޭސި ކެޕްޓަން ތޯމަސް ގިލްބަރޓް ގެ ނަމުންނެވެ. އޭނާ އެ ރަށްތަކަށް ދަތުރުކުރީ 1788 ގައެވެ.

"ގިލްބަރޓްސް" މި ލަފުޒު އެތާގެ ރަށްވެހިންގެ އަމިއްލަ ބަހުގެ އަޑުތަކަށް ފެތޭގޮތަށް، އެމީހުން ކިޔަނީ "ކިރިބާސް" މިހެންނެވެ.

ތާރީޚް[އުނިއިތުރު ގެންނަވާ]

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

ކިރިބާސް އަކީ ފަގީރު ގައުމެކެވެ. ގުދުރަތީ ވަސީލަތްތައް މަދެވެ. ކިރިބާސްގެ ބަނާބަގައި ވިޔަފާރީގެ ނަފާ ނެގެން އޮތް ފޮސްފޭޓް ޖަމާ ވެސް ގައުމު މިނިވަން ވީ އިރު ވަނީ ހުސްވެފައެވެ. މިހާރު ގައުމުގައި އުފައްދައި ބޭރުކުރާ މައިގަނޑު މުދަލަކީ ކުފުރާ އާއި މަހެވެ. ޖީ ޑީ ޕީ ގެ 5 ބައިކުޅަ 1 ބައި ފަތުރުވެރިަމުން ހޯދެއެވެ. ކިރިބާސް އަކީ ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ އެއް ގައުމެވެ.


މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.