ކިނބިދޫ ސްކޫލް
ކިނބިދޫ ސްކޫލް (އިންގިރޭސި: Kin'bidhoo School)އަކީ ތ. އަތޮޅު، ކިނބިދޫ، ދިވެހިރާއްޖޭގައި އޮންނަ ސްކޫލެވެ.[1]
ސްކޫލު ހުޅުވީ ޖެނުއަރީ 8 1949، ކިނބިދޫ މަދަރުސާގެ ނަމުންނެވެ. ބަނީއަކީ އޭރުގެ ޖަޒީރާ ވެރިޔާ، މުޙައްމަދު އިބްރާހީމެވެ. ސްކޫލްފެށީ 3 ސްޓާފުވެރިންނާއި 40 ދަރިވަރުންނެވެ. އެންމެ ފުރަތަމަ ކިޔެވި މާއްދާތަކަކީ ޤުރުއާން، އިސްލާމް، އަތުލިތުން (ދިވެހި އާއި ޢަރަބި)، އަޚްލާޤު (ރަނގަޅޫ އުސޫލު، ރަނގަޅު އަޚްލާޤު)، ދިވެހި، އަދި ހިސާބެވެ. އަބްދުﷲ ރަޝީދު ސްކޫޅް އިސްވެރިއަކަށްވީ 1952 ވަނަ އަހަރުގައެވެ. އޭނަގެ ދުވަސްވަރު އެ ސްކޫލުގެ މީޑީއަމް އޮފް އިންސްޓްރަކްޝަން ބަދަލުވީ އިންގިރޭސިއަށް 1999 ވަނަ އަހަރުގައެވެ. ނަމަވެސް 1999 ވަނަ އަހަރާ ހަމައަށް ސްކޫލް އޮތީ ކޮމިއުނިޓީ ސްކޫލެއްގެ ގޮތުގައެވެ. ސްކޫލް ނަން ބަދަލުކުރީ މަކްތަބުލް އިޖްތިހާދް، ދެން ބަދަލުވީ މަކްތަބުސިހަބު، އަނެއްކާ ބަދަލުކުރީ ކިނބިދޫ މަކްތާބް، ދެން މިހާރު ކިޔާ ނަމަށް ބަދަލުކުރީ، ކިނބިދޫ ސްކޫލްއެވެ. ސްކޫލް ބަދަލުކުރީ ސަރުކާރު ސްކޫލަކަށް 2000 ވަނަ އަހަރުގައެވެ. އެ ގަޑީގައި އިބްރާހިމް ލަތީފްވީ ސްކޫލު އިސްވެރިއަކަށެވެ. އޯލެވެލް އެކްސޭމްސް ފެށީ 2002 ވަނަ އަހަރުގައެވެ. މިހާރު ސްކޫލްގެ އިސްވެރިއަކީ އަޙުމަދު އަބްދުﷲއެވެ. ސްކޫލު އިމާރަތުގައި އެބަހުރި 10 ކުލާހުތައް، ސްޓާފް ކޮޓަރި، އޮފީހެއް، ލައިބްރަރީ، ކޮމްޕިއުޓަރު ލެބް، ކުޅޭ ސަރަހައްދެއް ހިމެނޭ 3 ބްލޮކެއްގެ މައްޗަސް، އެކުލެވިގެންވާ އިމާރާތެވެ. ސްކޫލުގައި އެބަހުރި 50 ސްޓާފްވެރިން އަދި 250 ދަރިވަރުންނެވެ. ސްކޫލުގެ މޮޓޯއަކީ "ޑޫ ޓިލް ޑަން"އެވެ.[2]
ފާހަގަކޮށްލެވޭ ކުރީގެ ދަރިވަރުން
[އުނިއިތުރު ގެންނަވާ]މީގެ ކުރިން ފާހަގަކުރެވޭ ކުރީގެ އެއް ދަރިވަރަކީ ދިވެހިރާއްޖޭގެ ކުރީގެ އެޑީއުކޭޝަން މިނިސްޓަރު، ޑރ. މުޙައްމަދު ލަތީފެވެ.[3]
ބޭރުގެ ލިންކްތައް
[އުނިއިތުރު ގެންނަވާ]ރިފަރެންސްތައް
[އުނިއިތުރު ގެންނަވާ]- ↑ "ކިނބިދޫ ސްކޫލް، ތ.އަތޮޅު، ކިނބިދޫ".
- ↑ "ތަޢާރަފު | ކިނބިދޫ ސްކޫލް, ތ. އަތޮޅު, ކިނބިދޫ". Archived from the original on 2023-10-02. Retrieved 2023-09-29.
- ↑ "ކުރީ ކިޔެވި މީހުން | ކިނބިދޫ ސްކޫލް, ތ. އަތޮޅު, ކިނބިދޫ". Archived from the original on 2023-10-02. Retrieved 2023-09-29.