ކާލް ފްރީދްރީޝް ގައުސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޔޯހާން ކާލް ފްރީދްރީޝް ގައުސް އަކީ ޖަރުމަނުވިލާތުގައި އުޅުނު ހިސާބު ޢިލްމުވެރިއެކެވެ. އުފަންވެ ވަޑައިގެންނެވީ 30 އޭޕްރީލް 1777 ވަނަ އަހަރުއެވެ. ދުނިޔެ ދޫކުރެއްވީ 23 ފެބްރުއަރީ 1855 ވަނަ އަހަރުއެވެ. ގައުސް އަށް "ހިސާބުގެ އަމީރު" އަދި "އެވޭލާ ޒަމާނަށްފަހު އައި އެންމެ މޮޅު ހިސާބު ޢިލްމުވެރިޔާ" އޭ ބައެއް ފަހަރު ކިޔެއެވެ. ހިސާބު ޢިލްމަށް ބޮޑެތި ކުރިއެރުން ގައުސް ގެނައުމުގެ ސަބަބުން އެންމެ ނުފޫޒުގަދަ ހިސާބު ޢިލްމުވެރިން ގެ ތެރޭގައި ގައުސް ހިމެނެއެވެ. ކާލް ފްރީދްރީޝް ގައުސް ހިސާބު ޢިލްމަކީ "ޢުލޫމުގެ(ނުވަތަ ސައިންސްގެ) ރާނީ" އޭ ބުނެފައިވެއެވެ.