ކާމަސްތުރަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކާމަސުތުރާއަކީ އިންސާނުންގެ ޖިންސީ ގުޅުމާ ބެހޭ ހުރިހާ ދިމާއަކަށް ބޭނުންވާ މަޢުލޫމާތާ ބެހޭ ޢިލްމެވެ. ކާމަސުތުރާ ނުވަތަ ކާމަސްތުރަ މި ބަސް ނެގިފައިވަނީ އިންސާނީ ތާރީޚަށް ބަލާއިރުގައި، މި ޢިލްމާމެދު ލިޔެވިފައިވާ އެންމެ ފުރަތަމަ އަދަބިއްޔާތުންނެވެ. ސެންސިކިރުތު ބަހުން ލިޔެފައިވާ، މި މުހިއްމު ލިޔުން ލިޔުއްވާފައިވަނީ، ހިންދުސްތާނުގެ ޢިލްމުވެރިއެއް ކަމުގައިވާ، މައްލަނާގަ ވާއްތްސްޔާޔަނައެވެ.

ބައިތައް[އުނިއިތުރު ގެންނަވާ]

މައްލަނާގަ ލިޔުއްވި ކާމަސުތުރާ ލިޔުއްވާފައިވަނީ ޅެން ބަހުންނެވެ. އޭގައި 1250 ބައިތު ހިމެނިގެންވެއެވެ. މި ބައިތުތައް ބަހާލެވިފައިވަނީ 36 ބާބަށެވެ. މި ބާބުތައް އިންތިޒާމު ކުރެވިފައިވަނީ 7 ބަޔަށެވެ.