ކާބަން މޮނޮކްސައިޑް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކާބަން މޮނޮކްސައިޑް އަކީ ކުލައެއްނުވާ ގޭހެކެވެ. މިގޭހުގެ ބޮޑު ޑޯޒެއްގެ ސަބަބުން ލޭގައިވާ އޮކްސިޖަން ގެ ބަދަލުގައި މިގޭސް އޮކްސިޖަން ގެ މަގާމަށް ވާޞިލްވެއެވެ. ލޭގެ ރަތް ސެލްގައި ހުންނަ ހިމަގްލޯބިން އަކީ އޮކްސިޖަން ޓިޝޫތަކަށް ފޯރުކޮށްދޭ މައިގަނޑު ވަޞީލަތެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރާމީހުންގެ ހަށިގަނޑުގައި ހިމަގްލޯބިން އާއި އެއްވުމުގެ ބާރު އޮކްސިޖަން އަށްވުރެ ކާބަން މޮނޮކްސައިޑް އަށް ލިބިފައިވާލެއް މައްޗެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ހިތް މަސައްކަތްކުރާލެއް އަވަސްވެގެން ދެއެވެ. އެއީ ސިކުނޑި އާއި މަސްތައް އަދި އެހެނިހެން ޓިޝޫތަކަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދިނުމަށްޓަކައެވެ.