ކަޢުބާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުންމަވާ: ސަމުގާ, ހޯއްދަވާ

ކަޢުބާ

The site of Kaaba in 1880

މައްކާގައި ވާ ގެފުފުޅަށް އަރަބި ބަހުގައި ކިޔާ ނަމަކީ "لكعبة‎" ކަޢުބާ، އެވެ.މުސްކުޅި ޢަރަބި ބަހުގައި ކަޢުބާގެ މާނައަކީ ކޮޑިބައްޓަމެވެ. ގެފުޅަށް މިނަން ކިޔުނީ، މި ބައްޓަމަށް ހެދިފައިވާ ބިނާއެއް ކަމުންނެވެ. ގެފުޅަށް"البيت العتيق" އަލްބައެތުލް ޢަތީޤް އާއި، "البيت الحرام" އަލްބައިތުލް ޙަރާމް، ވެސް ކިޔައެވެ.

"المسجد الحرام" އަލްމަސްޖިދުލް ޙަރާމް، ބިނާ ކުރެވިފައި ވަނީ ގެފުޅުގެ ވަށާގެންނެވެ.ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ނަމާދުކުރުމަށް ކުރިމަތިލާ މިސްރާބަކީ ކަޤުބާ އެވެ. ކަޢުބާ ނުވަތަ ގެފުޅަށް މިސްރާބު ކުރުމަށް ކިޔަނީ "قبلة" ޤިބްލަ، އެވެ.

މުސްލިމުންގެ ފަސްވަނަ ރުކުން ކަމުގައިވާ ޙައްޖުގެ މަތިވެރި އަޅުކަމާއި، ޢުމްމްރާގެ އަޅުކަން އަދާކުރުމުގައި އެތައް ބިލިއަން މުސްލިމުނެއް ކައުބާގެ ވަށައިގެން ޠަވާފް ކުރެއެވެ.

އުސްމިނުގައި 13.1 މީޓަރު އަދި ދޮރުކޮޅު ހުންނަ ބިތުގައި 12.84 މީޓަރު ހުރިއިރު އޭގެ އަނެއްފަރާތު ބިތުގެ މިނަކީ 13.16 މީޓަރެވެ. ހިޖްރު އިސްމާއިލް ހުރި ބިތުގައި 11.28 މީޓަރު ހުރިއިރު އޭގެ އަނެއްފަރާތު ބިތުގެ މިނަކީ 11.53 މީޓަރެވެ.

ތަޅުން އަޅާފައިވަނީ މާބުލުންނެވެ. އެތެރެފާރުގެ މެދާ ހިސާބަށް ހުރީ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތް ތަކުން ޖަރީ ކޮށްފައިވާ މާބުލްގެ ފަށަލައެކެވެ.ފާރުގެ މަތީބައިގާ ހުރީ ޤުރުއާނުގެ އާޔަތްތަށް ރަންއަކުރުން ޖަރީކޮށްފައިވާ ފެހިކުލައިގެ ފަރުދާއެކެވެ.