ކަޖޫ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަޖޫ

ކަޖޫ(ސައިންޓިފިކް ނަން: Anacardium occidentale)ނުވަތަ (އިނގިރޭސި ބަހުން: cashew)އަކީ ކަޖޫ ގަސް ގައި އަޅާ މޭވާއެވެ. ކަޖޫ ގަހަށް ވެސް ކަޖޫ ކިޔައި އުޅެއެވެ. އަދި ކަޖޫ ގެ އެތެރޭގައި އޮންނަ އޮށަށް ކިޔަނީ ކަޖޫނަޓް އެވެ. ދިވެހި ބަހުން ކަޖޫނަޓް އަށް ވެސް ކަޖޫ ކިޔައެވެ. ކަޖޫ އަކީ ރޯކޮށް މޭވާއެއްގެ ގޮތުގައި ދޮންވުމުން ކައިއުޅޭ އެއްޗެކެވެ. އަދި ބައެއް ގައުމުތަކުގައި ކަޖޫ އިން ޖޭމް އާއި އަދި ތަފާތު ވައްތަރުގެ ބުއިންތައް ތައްޔާރުކޮށް އުޅެއެވެ. އަދި ތާޒާގެ ޖޫހުގެ ގޮތުގަޔާއި،ދަޅުގައި ބަންދުކޮށްފައި ހުންނަ ޖޫހުގެ ގޮތުގައި ވެސް ކަޖޫ އިން ޖޫސް ތައްޔާރު ކުރެއެވެ.

  • ނޯޓް: މިމަޒުމޫނުގައި ބަލާފައިވަނީ ކަޖޫ ގަހުގައި އަޅާ މޭވާ ކަޖޫ އަށެވެ.