ކަޅު ދޫ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ކަޅު ދޫ (އިނގިރޭސި ބަހުން: Black Tongue)ނުވަތަ ބްލެކް ޓަންގ އަކީ އިންސާނުންނާއި ޖަނަވާރުންގެ ދުލުގެ ކުލަ އާދަޔާ ޚިލާފަށް ކަޅުވެ އަދިރިވުމެވެ. އިންސާނުންގެ ދޫ މިގޮތަށް ކަޅުވެގެންދަނީ ދުލުގެ މަތީގައި ފަންގަސް އިންފެކްޝަން އަށަގަނެ ބޮޑުވާން ފެށުމުންނެވެ. ޢާންމު ގޮތެއްގައި ކަޅު ދުލުގެ މައްސަލަ ކުރިމަތިވަނީ އުމުރުން ދުވަސް މީހުންނަށެވެ. ބައެއް ފަހަރު އެންޓި ބައޮޓިކް ބޭނުން ކުރުމުން ވެސް މިހެން ވެދާނެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރާމީހުންނަށް މިމައްސަލަ ކުރިމަތިވާ މިންވަރު އިތުރުވެފައި ޢާންމުވެސް މެއެވެ.