ކަޅު މުގު
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/4/4b/Urd_beans.jpg/250px-Urd_beans.jpg)
ކަޅު މުގު(ސައިންޓިފިކް ނަން: Vigna mungo)ނުވަތަ (އިނގިރޭސި ބަހުން: black lentil)އަކީ މުގުގެ ވައްތަރެކެވެ. މިވައްތަރުގެ މުގު އެންމެ ގިނައިން ހައްދަނީ ދެކުނު އޭޝިޔާގެ ގައުމުތަކުގައެވެ. އާންމު ގޮތެއްގައި ރިހަ ކައްކާއިރު ބޭނުންކުރާ އިރު ހުންނަ ގޮތަށް މުގު އުފައްދުމުގައި މިވައްތަރުގެ މުގު ވެސް ބޭނުން ކުރެއެވެ. ބުނެވޭ ގޮތުގައި ކަޅު މުގު އަކީ ހަކުރު ބަލި ހުންނަ މީހުން ބޭނުންކުރަން ރަގަޅު އެއްޗެކެވެ. މާގިނައިން ކަޅު މުގު ނުވަތަ މުގު ގެ ބާވަތްތައް ބޭނުން ކުރުމަކީ ބަނޑުގައި ވައިހެދި ވައިބޭރުވުން ކުރިމަތި ކުރުވާނޭ ކަމެކެވެ. އިންޑިޔާ ޕާކިސްތާން، އަދި ބަނގްލަދޭޝް ފަދަ ގައުމުތަކުގެ ކެއުމުގައި ވަރަށް ގިނައިން މުގު ގެ ބާވަތްތައް ބޭނުންކުރާ ކަން ފާހަގަ ކުރެވެއެވެ. ކަޅު މުގު އަށް ބައެއް ފަހަރު ހުދު މުގު މިހެންވެސް ކިޔައި އުޅޭއެވެ.
![](http://upload.wikimedia.org/wikipedia/dv/thumb/0/0a/White_mugu.jpg/250px-White_mugu.jpg)