ކަޅުފޮނިޔަ މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ކަޅު ފޮނިޔަމަސް

ކަޅު ފޮނިޔަމަސް (ސައިންޓިފިކް ނަން: Macolor Macularis)ނުވަތަ (އިނގިރޭސި ބަހުން: Midnight snapper)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި، އެތެރެވަރީގެ ކަނޑުތަކުގައި ދިރިއުޅޭ މަހެކެވެ. ދިވެހިން މަސްވެރިން ރޭގަނޑުކުރާ ކެޔޮޅުކަމުގައި މިބާވަތުގެ މަސް މަދުމަދުން ބޭނިފައި ހުރުން އެކަށީގެންވެއެވެ. މިރާއްޖޭގަައި ދެބާވަތެއްގެ ފޮނިޔަސް އުޅެއެވެ. ނަމަވެސް ދެބާވަތް އެއްގޮތް ކަމުން މަސްވެރިން ދެބާވަތަށް ވެސް ފޮނިޔަ މަސް ކިޔުމަކީ އެކަށީގެންވާ ކަމެކެވެ.

ކަޅު ފޮނިޔަމަސް ރާއްޖޭގައި ގިނައިން އުޅޭ ފޮނިޔަ މަސް އަށްވުރެ ކަޅުވާނެއެވެ. އަދި ފޮނިޔަ މަސް ގެ ބޮލުގައި ހުންނަ ރޮނގުތަކެއް ކަޅު ފޮނިޔަ މަހުގެ ބޮލުގައި ނުހުރެއެވެ. މިދެބާވަތުގެ ފޮނިޔަ މަހުގެ ޅަމަސް ތިބެނީ ވަރަށް ތަފާތު ކޮށެވެ. މިއީ ސައިންޓިފިކް ގޮތުން މުޅިން ތަފާތު ދެބާވަތަށް ވުމާއެކު މިދެބާވަތަށް ވަކި ދެނަމެއް ކިޔުމަކީ ކޮންމެހެން ބޭނުން ކަމަކަށްވާތީ މިމަހުގެ ސިފަޔަށް ވިސްނާ މިމަހަށް ކަޅު ފޮނިޔަމަސް ކިޔާ ނަންދީފައިވަނީ އެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށި އަދި 13 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކަށި އަދި 10 މަޑުކަށި ހުރެއެވެ. މިއީ ކެއުމަށް މީރު މަހެކެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ 60 ސމ އަށެވެ.