ކަރުފޮޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކަރުފޮޅު(އިނގިރޭސި ބަހުން: Diphtheria) އަކީ ކޮރިނަބެކްޓީރިއަމް ޑިފްތީރިއާ(އިނގިރޭސި ބަހުން: Corynabacterium diphtheria) ކިޔާ ބެކްޓީރިޔާ އެއްގެ ސަބަބުން ފެތުރޭ ބައްޔެކެވެ. މިބަލީގެ އަސަރު އާންމު ގޮތެއްގައި ކުރަނީ ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ އެތެރެއިން ލެވިފައިވާ ތެތް ދުލިފަށް ތަކަށާއި، ހަންގަނޑު އަށެވެ. މިބަލި ފެތުރެނީ ނޭވާލުމުގެ ޒަރީޢާއިންނެވެ. އަދި ބެކްޓީރިޔާ އާއި ތަޣައްޔަރުވެފައި ހުރި ކިރު ފަދަ ތަކެތި ބުއިމުން ވެސް މިބަލި ޖެހިދާނެއެވެ.

ކަރުފޮޅު ޖެހުމުން ކުރިމަތިވާ އާންމު އުދަގޫ ތަކުގެ ތެރޭގައި ހުންއައުން، ނުތަނަވަސްވުން، ކާހިތްނުވުން، ބޮލުގައި ރިހުން، އަދި ކުޑަކަމުދާ ތަކެތީގައި އަލްބިޔުމިން ހުންނަކަން ފާހަގަ ކުރެވޭނެ އެވެ. ދެން ކުރިމަތިވާ އެހެން އުދަގޫތައް ބިނާވެފައި އޮންނަނީ ކަރުފޮޅުގެ އަސަރު ކުރާ ހަށިގަނޑުގެ ގުނަވަނެއް ނުވަތަ ހިސާބެއް ގެ މައްޗަށެވެ.

މިބަލިން ރައްކާތެރިވުމުގެ ގޮތުން ތުއްތު އިރުގައި ޑީޕީޓީ ވެކްސިން ދެވެއެވެ.