ކަންފަތްކަޅު ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ކަންފަތްކަޅު ފާނަ

ކަންފަތްކަޅު ފާނަ (ސައިންޓިފިކް ނަން: Cephalopholis nigripinnis)ނުވަތަ (އިނގިރޭސި ބަހުން: Darkfin hind) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިމަސް ގިނައިން އުޅެނީ 5 މީޓަރާއި 10 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިއީ ކުޑަ ފާނަ އެކެވެ. ދިވެހިންނަށް ދުވާލު ކެޔޮޅުކަމުގައި ބޭނިފައި ހުންނަ މީރު މަހެކެވެ. މަހުގެ ކަރުތާފަތުގެ ކުރީބައި ހުންނަނީ ވަށްކޮށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 9ކައްޓާއި، މަޑުކަށީގެ 15 ނުވަތަ 16 ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 9 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި މަޑުކަށީގެ 17 ނުވަތަ 19 ކަށި ހުރެއެވެ.

ކަންފަތްކަޅު ފާނައިގެ ކުލައަކީ ރަތްކުލަ އެވެ. ކަންފަތާއި، ބަނޑުދަށް ފަރާތު ކޮތަރިބަޔާއި، ނިގޫފަތާއި، ބުރަކަށިމަތީގެ ކޮތަރިބައިގެ ފަހަތުކޮޅު ހުންނަނީ ކަޅުކޮށެވެ. މަހުގެ ތިރީ ތުނބުގައި ވަރަށް ކަޅު ދެތިކި ހުރެއެވެ. މަހުގެ ބޮލާއި ހަށިގަނޑުގައި ގަދަ ރަތްކުލައިގެ ކުދިކުދި ތިކިތަކެއް ހުރެއެވެ.