ކަންފަތުގައި އެއްޗެއް ތާށިވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކަންފަތުގައި އެއްޗެއް ތާށިވުން (އިނގިރޭސި ބަހުން: FB Impaction)އަކީ ވަރަށް ގިނަ ކުޑަކުދިންނަށް ދިމާވާ މައްސަލަ އެކެވެ. ކަންފަތުގައި އާންމުކޮށް ތާށިވާކަން ފާހަގަ ކުރެވިފައިވަނީ ބައެއް ކަހަލަ ދިރޭ ތަކެއްޗާއި، ގޮށާއި، މަދޮށި، އަދި ތަފާތު ވައްތަރުގެ އޮށް ފަދަ ތަކެއްޗެވެ. ކަންފަތުގައި އެއްޗެއް ތާށިވުމުން ކުރިމަތިވާ އުދަގޫތަކުގެ ތެރޭގައި ރަގަޅަށް އަޑުނީވުން ނުވަތަ ބީރުވުން، ކަންފަތުތެރެ ހިރުވުން، އަދި ކަންފަތުތެރޭގައި އަޑުގޮވުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ފަހަރު ތާށިވާ އެއްޗެއްގެ ސަބަބުން ކަންފަތުގެ ތޫރި ފަޅައިގެންދިއުން އަދި ކަންފަތުގެ ބޭރު މަގަށް އަނިޔާ ލިބުން،ފަދަ ކަމެއް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.