ކަނޑު ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކަނޑު ފާނަ އަކީ އެތެރެވަރީގެ އަތޮޅުބޭރުން މާކަނޑުތަކުގައި އުޅޭ ވަރަށް ބުރަހެލި މަހެކެވެ. މިބާވަތުގެ ބޮޑެތި މަސް މާކަނޑުތަކުގައި އުޅޭ ކަމަށްވިޔަސް ކުދިމަސް ރަށްރަށުގެ ފަޅުތެރޭގެ ތިލަ ހިސާބުން ބައެއް މޫސުމުގައި ފެނެއެވެ. މިގޮތަށް ފަޅުތެރެއަށް ވަދެއުޅޭ ކުދިމަސް ދުވެއުޅެނީ އަރިއަށް ތިބެގެން ވަރަށް މަޑުންނެވެ. މިގޮތަށް ދުވާއިރު އެއީ މަހެއްކަން ދެނެގަތުން އެއީ ވަރަށް އުދަގޫ ކަމެކެވެ. ބޮޑަށް ހީވާނީ މަރުވެފައިވާ ހުއިފަތްކޮޅެއް މޫދުގައި އޮޔާދަނީ ހެންނެވެ. މިމަހަށް ހުއިފަތު މަސް ކިޔާއުޅެނީ މަހުގެ ސިފަޔަށް ވިސްނާފައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 އާއި 13 އާއި ދެމެދުގެ އަދަދަކަށް ހަރުކަށި ހުރެއެވެ. އަދި 13 އާއި 16 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބަޔާއި ބަނޑުދަށް ފަރާތު ކޮތަރިބައިގެ މަޑު ކަށިބަރީގެ ފަހަތުކޮޅު ހުންނަނީ ވަށްކޮށެވެ. ނިގޫފަތް ވެސް ހުންނަނީ ވަށްކޮށެވެ. މަހުގެ ކުލައަކީ ގަދަމުށި ކުލައެކެވެ. މިމަސް އެންމެ ގިނައިން ކައިއުޅެނީ ކަނޑުފަޅުގެ އަޑީގައި އުޅޭ ކަކުނި ފާނޑުގެ ސޫތްޕާއި ކުދިމަހެވެ. މިމަސް އެންމެ ބޮޑުވަނީ 1 މ އަށެވެ. ނަމަވެސް ގިނައިން ފެންނަ އެންމެ ބޮޑެތި މަހުގައި ހުންނަނީ 50 ސމ އެވެ. މިމަހަށް ފާނަކިޔާ އުޅުނަސް މިއީ ހަގީގަތުގައި ފާނަ އާއިލާގެ މަހެއް ނޫނެވެ.