ކަނޑު ރަތްހާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ކަނޑު ރަތްހާ

ކަނޑު ރަތްހާ (ސައިންޓިފިކް ނަން: Variola albimarginata)ނުވަތަ (އިނގިރޭސި ބަހުން: White-edged lyretail)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ފުން ހިސާބުތަކުގައި ދިރިއުޅޭ މަހެކެވެ. މިމަސް ދިވެހިން ބާނައި އުޅެނީ ފައްތައިގެން ކުރާ ކެޔޮޅު ކަމުގައެވެ. މިއީ ކަނޑުހާ އާއި ވަރަށް އެއްގޮތް، އެހެން ނަމަވެސް މަހުގެ ނިގޫފަތުގެ ކޮޅުގައި ހުންނަ ކުލައިން ވަރަށް ފަސޭހައިން ދަތިކަމެއްނެތި ވަކިކުރެވިދާނެ ދެބާވަތެވެ. ކަނޑު ރަތް ހަލަކީ ދަހިކޮށް ބޭނޭ މަހެއް ނޫނެވެ. ނަމަވެސް މިއީ ދިވެހިން ކައިއުޅޭ މަހެކެވެ. މަހުގެ ކަރުތާފަތުގެ ކުރީބައިގެ ކައިިރިފަށް ހުންނަނީ ކަށިކޮށެވެ. މަހުގެ ނިގޫފަތް ހުންނަނީ ހަނދުފަޅިބުރަށް ކަފިކޮށެވެ.

ކަނޑުރަތްހަލުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 9 ކައްޓާއި، 14 މަޑު ކަށި ހުރެއެވެ. ކަންފަތުގައި 18 ނުވަތަ 19 މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ނާރިނގު ކުލައެވެ. ބޮލާއި ދެއަރިމަތީގައި ފަނޑު ނޫކުލައެއް ހުރެއެވެ. ނިގޫފަތުގެ ފަހަތުން ކައިރިފަށް ހުންނަނީ ހުދުކުލައިގައެވެ. ކަންފަތުގެ ކުލައަކީ ރީނދޫ ކުލައެވެ. އެހެނިހެން ކޮތަރި ތަކުގެ ކުލައަކީ މަހުގައި ހުންނަ ނާރިނގު ކުލައެވެ.