ކަނޑުހާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ކަނޑުހާ

ކަނޑުހާ(ސައިންޓިފިކް ނަން: Variola louti)ނުވަތަ (އިނގިރޭސި ބަހުން: Yellow-edged lyretail) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ދިރިއުޅޭ ރީތި މަހެކެވެ. ފަރުފަޅުތަކުގެ ބޭރަށް ފީނައި ފަތައި އުޅޭ މީހުންނަށް މިމަސް ވަރަށް ގިނައިން ފެނެއެވެ. މިމަސް ގިނައިން އުޅެނީ އެކަހެރިކޮށެވެ. ނަމަވެސް ވަރަށް މަދުން ދެތިން އެތިން ބައިހަދައިލައިގެން އުޅޭތަން ވެސް ފެނިދާނެއެވެ. އަމިއްލަ މާހައުލުގައި އުޅޭއިރު މިމަސް ފެންނަނީ ވައިލެޓް ކުލައިގައެވެ. މިއީ ދިވެހިންގެ މަސްވެރިކަމުގައި ބާނައިއުޅޭ އަދި ކެއުމަށް ބޭނުންކުރާ މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 9 ކައްޓާއި، 13އާއި 15 އާއި ދެމެދުގެ އަދަދަކަށް މަޑު ކަށި ހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ހަނދުފަޅި ބުރަށް ކަފިކޮށެވެ. މަހުގެ ކުލައަކީ ނާރިނގު ކުލައެވެ. މަހުގައި ކުދިކުދި ތިކިތަކެއް ނުވަތަ ރޮނގުތަކެއް ހުރެއެވެ.